ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންގެ ދަފުތަރު ޑިޖިޓައިޒްކޮށް ޝާއިއުކޮށްފި

ފޮޓޯ: ޕީޖީ އޮފީސް ވެބްސައިޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންނަށް ޖިންސީީގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު ގެ 57 ވަނަ މާއްދާ (ކުށްވެރިންގެ ދަފްތަރު ޝާއިއުކުރުން) ގެ ދަށުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ޝާއިއުކުރަންޖެހޭ ކުށްވެރިންގެ ލިސްޓު ޑިޖިޓައިޒްކޮށް ޝާއިއުކޮށްފިއެވެ.

ޑިޖިޓަލައިޒޭޝަންގެ މި މަސައްކަތް އިފްތިތާހު ކޮށްދެއްވީ މިމަހު 5 ގައި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްގައި އޮތް ހަފްލާއެއްގައި، މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީއެވެ.

މިލިސްޓު އަޕްޑޭޓްކުރުމުގެ މަސައްކަތުގައި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ ފަންނީ އެހީތެރިކަން، މިނިސްޓްރީއަށް ފޯރުކޮށްދީފައި ވާކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. އެގޮތުން، ކޯޓުން ހުކުމެއް ކުރުމާއެކު، އެހުކުމާބެހޭ މައުލޫމާތު ވަގުތުން މިނިސްޓްރީން ހިއްސާކުރާނެކަމަށް ބުނެފައިވެއެވެ.

މިލިސްޓު މިހާރު އޮތް ގޮތަށް ޑިޒައިން ކޮށްފައިވަނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ފަންނީ ލަފައާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން، ޕީޖީ އޮފީހުގެ އައިޓީ މުވައްޒަފުން ކަމަށް އެ އޮފީހުން ބުނެއެވެ. އަދި ލިސްޓުގައި ކުށްވެރިންގެ މައުލޫމާތު ތަފާތު 7 ފިލްޓަރަކުން ފިލްޓަރ ކުރެވެން ހުންނާނެކަމަށް ވެސް މައުލޫމާތު ލިބެއެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް މިބާވަތުގެ ލިސްޓުތައް ހުންނަ ގޮތަށް، އެކި ފިލްޓަރު ތަކުން އެކި މީހުންގެ މައުލޫމާތު ބެލެން ހުންނާނެ ކަމަށް އޮފީހުން ހާމާކޮށްފައިވެއެވެ.

މީގެއިތުރުން މިކަމާބެހޭ ގޮތުން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ވަނީ ނޫސް ބަޔާނެއްވެސް ފޮނުއްވާފައެވެ. މިލިސްޓު އިތުރަށް ފުރިހަމަ ކުރައްވަން، ނުވަތަ ލިސްޓާބެހޭ ގޮތުން ހިޔާލެއް އޮތްނަމަ، ޖެންޑަރ މިނިސްޓްރީއަށް އީމެއިލް ކޮށްދެއްވުމަށް އެ ސަރވިސްއިން އެދިވަޑައިގެންފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: