ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ މަހު ޖެންޑަރ މިނިސްޓަރީއަށް 254 މައްސަލައެއް!

ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް ޖުމްލަ 254 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް އިން ބުނެފިއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 96 މައްސަލަ އޮގަސްޓް މަހު ރިޕޯޓުކޮށްފައިވާކަމަށް ޖެންޑާއިން މައުލޫމާތު ދެއްވައެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކުޑަކުދިންނަށް އިހުމާލުވާ މައްސަލަކަމަށްވެސް ޖެންޑާއިން މައުލޫމާތުދެއްވައެވެ. އެގޮތުން އިހުމާލުގެ 25 މައްސަލަ ހުށަހަޅާފައިވާކަމަށް އެ މިނިސްޓްރީއިން ނެރެފައިވާ ބަޔާނުގައިވެއެވެ.

ޖެންޑާއިން ނެރެފައިވާ ބަޔާނުގައި ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 22 މައްސަލައާއި، ޖިންސީ އަނިޔާގެ 18 މައްސަލައާއި، ޖިސްމާނީ އަނިޔާގެ 13 މައްސަލަ އަދި ނަފްސާނީ އަނިޔާގެ 12 މައްސަލަ ހިމެނެއެވެ. އަދި، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 2 މައްސަލަ އާއި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 1 މައްސަލައިގެ އިތުރުން ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ 1 މައްސަލަ ހުށަހެޅިފައިވާކަމަށް އެބަޔާނުގައި ވެއެވެ.

މީގެ އިތުރުން، ކުޑަކުދިންނަށް ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 1 މައްސަލައާއި މިނޫންވެސް އެހެން ބާވަތުގެ އަނިޔާގެ 1 މައްސަލަ ހުށަހެޅި އެޓެންޑްކުރެވިފައިވާކަމަށް ޖެންޑާ މިނިސްޓްރީގެ ބާޔާނުގައި ވެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 45 މައްސަލަ އޮގަސްޓް މަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށައަޅައިފައިވާކަމަށް ބަޔާނުގައި ވެއެވެ. ބަޔާނުގައި ވާގޮތުގައި މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލައެވެ. އެގޮތުން، މިބާވަތުގެ 20 މައްސަލައެއް ހުށަހެޅިފައިވެއެވެ. އަދި، ނަފްސާނީ އަނިޔާ ކުރުން ނުވަތަ އަނގަ ބަހުން ކުރެވޭ އަނިޔާގެ 15 މައްސަލަ އާއި ޖިންސީ އަނިޔާގެ 4 މައްސަލައާއި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 2 މައްސަލައާއި މިނޫންވެސް އެހެން ބާވަތުގެ އަނިޔާގެ 4 މައްސަލަ ހުށަހެޅި އެޓެންޑްކުރެވިފައި ވާކަމަށް ބަޔާނުގައި ވެއެވެ.

ޖެންޑާއިން ނެރެފައިވާ ބަޔާނުގައި ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 44 މައްސަލައެއް އޮގަސްޓް މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅާފަވާކަމަށް ވެއެވެ. ބަޔާނުގައި ބުނެފައިވާގޮތުގައި މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކުގެ 18 މައްސަލަ އާއި ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 17 މައްސަލަ އާއި ހަޟާނާތުގެ 6 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ 3 މައްސަލަ ހިމެނެއެވެ.

އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 12 މައްސަލަ އޮގަސްޓް މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާކަމަށް އެބަޔާނުގައި ވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 34 މައްސަލަ އޮގަސްޓް މަހު މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 29 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 5 މައްސަލަ ހިމެނޭކަމަށް އެ ބަޔާނުގައި ވެއެވެ.

އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 2 މައްސަލަ އޮގަސްޓް މަހު ވަނީ މިނިސްޓްރީއަށް ހުށަހަޅާ އެޓެންޑު ކޮށްފައިވެއެވެ.

ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 11 މައްސަލައެއް އޮގަސްޓް މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.  އެގޮތުން ސްކޫލަށް ދާން ބޭނުން ނުވުމުގެ 4 މައްސަލައާއި ގެއިން ނިކުމެގެން ދިއުމުގެ 2 މައްސަލައިގެ އިތުރުން މިނޫންވެސް އެހެންބާވަތުގެ އަޚުލާޤީ މައްސަލަތަކާއި ގުޅުންހުރި 5 މައްސަލައެއް ރިޕޯޓްކުރެވިފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މީގެއިތުރުން ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި 8 މައްސަލައެއް އޮގަސްޓް މަހު މިނިސްޓްރީއަށްވަނީ ހުށަހަޅާފަ ވާއިރު މިބާވަތުގެ މައްސަލަތަކުގެ ތެރެއިން ކުދިން ސްކޫލަށް ނުފޮނުވުމުގެ 4 މައްސަލަ އާއި ތަޢުލީމަށް ހުރަސް އެޅުމުގެ 2 މައްސަލައިގެ އިތުރުން އުފަންވުން ރަޖިސްޓްރީ ކުރުމާބެހޭ މައްސަލަތަކުގެ 2 މައްސަލަ، ހުށަހެޅިފައިވާކަމަށް ބަޔާނުގައި ވެއެވެ.

ޖެންޑާ މިނިސްޓްރީގެ ބަޔާނުގައި ވާގޮތުން އޮގަސްޓް މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 169 އެވެ. އަދި އޮގަސްޓް މަހުގައި ދައުލަތަށް އަލަށް 4 ކުއްޖަކު ނަގާފައިވާއިރު، 4 ކުއްޖަކު އާއިލާއަށް ރީއިންޓަރގްރޭޓް ކޮށް، 2 ކުއްޖަކު ފޮސްޓަރކޮށްފައިވާ ކަމަށް ބަޔާނުގައި ވެއެވެ. މީގެއިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައި 18 އަހަރުވުމުން 6 ކުއްޖަކަށް ވަޒީފާގެ ފުރުސަތު ހޯދާދީ މުޖުތަމަޢުއަށް ރީ-އިންޓަގްރޭޓް ކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: