ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭޑީބީގެ އެހީގައި ހިންގާ މަޝްރޫޢުގެ ސަބަބުން ގެވެށި އަނިޔާގެ މިންވަރުތައް ދަށްކުރުމަށް މަގުފަހިވާނެ: ޖެންޑަރ މިނިސްޓަރު

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

އޭޝިއަން ޑިވެލޮޕްމެންޓު ބޭންކުގެ އެހީގައި ހިންގާ “ސްޓްރެންތަނިންގް ގެންޑަރ އިންކްލޫސިވް އިނިޝިއޭޓިވްސް” މަޝްރޫޢުގެ ސަބަބުން، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ އަންހެނުންނާއި އާއިލާތަކަށް ރައްކައުތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަމަށް ޖެންޑަރ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

“ސްޓްރެންތަނިންގް ގެންޑަރ އިންކްލޫސިވް އިނިޝިއޭޓިވްސް” މަޝްރޫޢު ހިންގުމަށްޓަކައި އޭޑީބީއިން ދިން 7.5 މިލިއަން ޑޮލަރު އަދި ޖަޕާނު ސަރުކާރުން ދިން 2.5 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާގެ މިންވަރު ދަށްކުރުމަށާއި އިޖްތިމާއީ އަދި އިގްތިސާދީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށް އެހީތެރިކަން ލިބިގެންދާނެކަމަށެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވެސްވަނީ މި ބައްދަލުވުމުގައި ވާހަކަދައްކަވާފައެވެ. އަޑޫ ހުޅުމާލެ އަދި ރ އުނގޫފާރުގައި ގެވެށި އަނިޔާ ލިބިފައިވާ ފަރާތްތަކަށް ހާއްސަ ތަންތަން ބިނާ ކުރުމަށް ކަނޑައެޅިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު އަމީރު ވިދާޅުވީ، ދުނިޔޭގެ ގައުމުތަކުން މިންތީގެ ހަމަހަމަކަން ގާއުމު ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން އައިސްފައިވާނަމަވެސް، އަނިޔާ އަދި ނަހަމަކަމުގެ އަސަރުތައް އަންހެނުންނަށް ކުރަމުންދާކަމަށެވެ.

އަމީރު ވިދާޅުވީ، އެކަން ބަދަލު ކުރަންޖެހިފައިވާކަމަށެވެ. އަދި ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވައި އަނިޔާވެރިކަން ހުއްޓުމަކަށް ގެނެވިފައިވާ ސަގާފަތެއް އޮތް މުޖުތަމައެއް ބިނާ ކުރަންޖެހޭކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، ބިނާ ކުރާ ޝެލްޓަރތަކަކީ އެކަމުގެ ފެށުންކަމަށެވެ. އަދި އިތުރު ތަންތަންވެސް ބިނާ ކުރާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: