ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ވަކީލުންނާ ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސައިފި

ރައީސް ޔާމީން ތަހުގީގަށް ހާޒިރުކުރުމަށްފަހު މާފުއްޓަށް ގެންދަނީ:_ ފޮޓޯ:- މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިންގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލު ކުރުމުގެ ހުއްދަދީ، ބައްދަލުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިފިއެވެ.

އިތުބާރު ހުރި މަސްދަރަކުން “ސަންގަށް” މައުލޫމާތު ދެއްވި ގޮތުގައި ރައީސް ޔާމީނަށް އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލު ކުރެވޭނެ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސާފައިވަނީ ހޯމް މިނިސްޓްރީގެ ފަރާތުންނެވެ.

އެގޮތުން ކަރަކްޝަނުން ނަގަންޖެހޭ ހުއްދަތަކާއި އަދި އެނޫން ކަންކަންވެސް ކޮށްފައިވަނީ ހޯމް މިނިސްޓްރީން ކަމަށް އެފަރާތުން މައުލޫމާތު ދެއްވިއެވެ. އަދި މީގެ އިތުރުން، މިދުވަސް ވަރަކަކީ ކޮވިޑް-19 ފެތުރެމުންދާ ދުވަސްވަރަކަށް އެޗްޕީއޭ ގައިޑްލައިންނާއި އެއް ގޮތަށް އެފަރާތުން ނަގަންޖެހޭ ހުއްދަތައްވެސް ހަމަޖައްސާދީފައިވާ ކަމަށް މައުލޫމާތު ހިއްސާ ކުރެއްވި ފަރާތުން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވަކީލުން އެމަނިކުފާނއި ބައްދަލު ކުރެއްވުމަށް މިއަދުގެ ވަގުތެއްގައި މާފުއްޓަން ވަޑައިގަންނަވާނެ ކަމަށްވެސް އެނގިފައިވެއެވެ. އަދި އެހުރިހާ ކަމެއްގެ އިންތިޒާމްތައް މިހާރުވަނީ ހަމަޖެހި ނިމިފައި ކަމަށް މައުލޫމާތު ހިއްސާ ކުރެއްވި ފަރާތުން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވަކީލުންނާއި ބައްދަލުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާކަން ކަރަކްޝަންސް އިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ކަރަންޝަނުން މައުލޫދިން ގޮތުގައި ބައްދަލުވުން ހަމަޖެހިފައިވަނީ މިއަދު މެންދުރު ދޭއް ޖަހާއިރުއެވެ.

ރައީސް ޔާމީންގެ ވަކީލުންނާއި ބައްދަލުކުރެއްވޭނެ ގޮތް ހަމަޖެހިފައިވާއިރު، މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ހޯމް މނިސްޓަރަށް ސިޓީއެއްފުޅެއް ފޮނުއްވާފައެވެ. އެ ސިޓީގައިފުޅުގައި ރައީސް ޔާމީންގެ ވަކީލުންނާއި އަމަނިކުފާނާއި ބައްދަލު ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައި ދެއްވުމަށް ދަންނަވާފައިވެއެވެ.

ވަކީލުންގެ ބައްދަލުވުން ހަމަޖެހުނު އިރު، ރައީސް ޔާމީންގެ މައްޗަށް އަލަށް ކުރި ދެ ދައުވާގެ ޝަރީއަތް، އެ މަނިކުފާނަށް ވަކީލުންނާ ބައްދަލު ނުކުރެއްވޭތީ ވަނީ ފަސްކޮށްފައެވެ. އެގޮތުން ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެއް އުފުލުމުން އެ މައްސަލަތަކުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ވަނީ ފަށައިފަ އެވެ.

ރައީސް ޔާމީންގެ ވަކީލުންނާއި އިދިކޮޅު ކޯލިޝަނުން ކުރާ ތުހުމަތުތައް މީގެކުރިން ހޯމް މިނިސްޓްރީންނާއި ކަރެކްޝަންސް އިން ދޮގުކުރި އެވެ. ކަރެކްޝަންސް އިން ބުނެފައިވަނީ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ވަކީލުންގެ ބައްދަލުވުމަށް އެދުމުން އެ ފުރުސަތު ހަމަޖައްސައިދޭނެ ކަމަށް ޔާމީންގެ ވަކީލުންނަށް އަންގާފައިވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: