ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ސިޓީއަށް އަހުގެ ޚިދުމަތް ތައާރަފްކުރުމަށް ރައީސް ނަޝީދު ތާއީދު!

ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީއަށް އަސް ގެނެސް، އަސް ދުއްވުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް ރައީސް ނަޝީދު ތާއީދުކުރައްވައިފިއެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ވަހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަސް ދުއްވުމުގެ ޚިދުމަތް ފެށުމަށް ފަސް އަސް ގެނައުމަށް އައްޑޫ ސިޓީގެ ކުދިންތަކެއް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އައްޑޫ ސިޓީއަށް ފަސް އަސް ގެންދިޔުމާއި ގުޅޭގޮތުން ހުށައަޚަންޖެހޭ ހުރިހާ ސެޓްފިކެޓެއް މިހާރު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއަށް ފޮނުވައި ހުއްދަ ހޯދާފައިވާ ކަމަށެވެ.

އެކަމުގައި މަސައްކަތްކުރަމުންދާ ޒުވާނުންގެ ފަރާތުން ޕްރޮޖެކްޓާއި ބެހޭ މައުލޫމާތުތައް ލިބިފައިވާ ކަމަށާއި އެއީ ވަރަށް ރަނގަޅު ޕްރޮޖެކްޓެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އަހުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށްވިޔަސް، އަދި ރެކްރިއޭޝަން ކުޅިވަރަށް ކަމުގައިވިޔަސް، މިކަން ކުރުމަކީ ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިވާހަކަތައް ރައީސް ނަޝީދު ދައްކަވާފައިވާއިރު، ވަކި ވަގުތުތަކެއްގައި ފައިމަގުގައި އުޅޭ ގޮތަށް ހަމަޖެއްސުމުން ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ. އަދި މާލެ މަގުމަތީގައި އަސް ނުވަތަ ޖަމަލު މަތީގައި މީހުން އުޅޭ މަންޒަރު ފެންނަގޮތަށް ފޮޓޯ އެޑިޓްކޮށް ސޯޝަލް މީޑިޔާގައި އަންނަނީ ދައުރުކުރަމުންނެވެ.

އެހެންނަމަވެސް، މިއީ މިފަދަ ކަމަކާއި ގުޅިގެން ދެއްކި ވާހަކައެއް ނޫންކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: