ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: އެމެރިކާގެ ރައްޔިތުންނަށް ރާއްޖެއަށް ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފި

ރާއްޖޭގެ ރިސޯޓެއްގެ ފާލަންމަތީގައި ފަތުވެރިންތަކެއް ފުރަން ތައްޔާރުވެގެން
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖޭގައި ފެތުރެމުން އަންނަ މިންވަރުގެ ސަބަބުން އިތުރު، ހާލަތު ގޯސްވަމުންދާތީ އެމެރިކާކާގެ ރައްޔިތުން ރާއްޖެއަށް ދަތުރު ނުކުރުމަށް އެގައުމުގެ ސެންޓާ ފޮ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން އިލްތިމާސްކޮށްފިއެވެ.

އެމެރިކާގެ ސިއްހަތާ ބެހޭ ވުޒާރާ ސީޑީސީން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވަނީ ރާއްޖޭގެ ހާލަތު އޮތް ގޮތުން މިވަގުތު ރާއްޖެއަށް ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ސީޑީސީއިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ކޮވިޑް19ގެ ނުރައްކާ ވަރަށް މައްޗެވެ. އެހެންވެ ސީޑީސީން ވަނީ ރާއްޖޭގެ ހާލަތު “ވޯނިން” އެލާޓް ލެވެލްކަމުގައިވާ، އެލާޓްލެވެލް ތިން ވަނަ ދަރަޖައަށް މަތިކޮށްފައެވެ.

މީގެ އިތުރުން ރާއްޖޭގައި އުޅެނިކޮށް ކޮވިޑް-19 ޖެހިއްޖެނަމަ ސިއްހީ ޚިދުމަތް ލިބުމާއި އެހެނިހެން ހިދުމަތްތައް ލިބުމުގައި ދަތިވުން އެކަށީގެންވާ ކަމަށް ސީޑީސީން ބުނެފައިވެއެވެ.

ރާއްޖޭގައި ސިއްހީ ޚިދުމަތް ފޯރުކޮށްދެވޭނެ މިންވަރު ވަކިވަރަކަށް ހިފެހެއްޓުން އެކަށީގެންވާތީ ގައުމުން ބޭރުން ހެލްތު ކެއާ ނަގާނެގޮތުގެ މައުލޫމާތު ސާފުކުރުން މުހިއްމު ކަމަށްވެސް ސީޑީސީން ބުނެފައިވެއެވެ. އަދި ރާއްޖެއަށް އައުން އެކަށީގެންވާ ދަތުރުތައްވެސް އެ ފަރާތުން އާންމުކޮށްފައިވެއެވެ.

އާދިއްތަ ދުވަހުގެ ރޭ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް-19 ބާރުމިނުގައި ފެތުރި މީހުން މިހާރު ޕޮޒިޓިވްވަމުންދާ އަދަދު ކޮންޓްރޯލް ނުވެއްޖެ ނަމަ ކުރިއަށް އޮތްތަނުގައި ރާއްޖޭގައި މި ބަލި މެނޭޖް ނުކުރެވިދާނެ ކަމުގެ އިންޒާރު ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިންވެސް ވަނީ ދީފައެވެ.

ކޭސްތައް ގިނަވަމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އެޗްއީއޯސީން ބުނެފައިވަނީ މާލެ ސަރަހައްދުގައި ކޮވިޑް-19އަށް ފަރުވާ ދޭން ހާއްސަކޮށްފައިވާ އެނދުތަކުގެ 62 ޕަސެންޓު ފުރިފައިވާ ކަމަށެވެ.

ކޮވިޑް-19ގެ ކޭސްތައް މާ ބޮޑަށް ގިނަވެ، ހުސް އެނދުތައް މާ ބޮޑަށް މަދުވެއްޖެ ނަމަ، ބަލި މީހުންގެ ތެރެއިން އެނދުމަތިކުރާނީ ނުވަތަ ވެންޓިލޭޓަރުގައި ފަރުވާދޭނީ ކާކުތޯ ކަނޑައަޅަން ޖެހޭ ހިސާބަށް ގޮސްދާނެ ކަމަށް ޓެގް ޓީމުން ބުނެއެވެ.

ކޮވިޑް-19 ކަންކަމުގެ އިތުރުން އެމެރިކާގެ ޓްރެވަލް އެޑްވައިޒަރީގައި، ރާއްޖެއަށް ޓެރަރިޒަމްގެ ނުރައްކާ އޮތްކަންވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން ޓެރަރިސްޓް ރާއްޖެއަށް އެފަދަ ހަމަލާއެއް ދީފާނެ ކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: