ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯގެ އޭޖީއެމް މި މަހުގެ 30 ގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ 2019، 30 އޮގަސްޓް 2020 ވާ އާދިއްތަ ދުވަހުގެ ހަވީރު 04:00 ގައި، މައިކްރޮސޮފްޓް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށް ބޭއްވުމަށް އެ ކުންފުނިން ނިންމައިފިއެވެ.

އޭޖީއެމްގެ މައުލޫމާތުތައް ހިއްސާކޮށް އެސްޓީއޯއިން ބުނެފައިވަނީ، ޖަލްސާގައި ބައިވެރިވުމަށް ނުވަތަ ޕްރޮކްސީ ހުށަހެޅުމަށް، 29 އޮގަސްޓުގެ ހަވީރު 04:00 ގެ ކުރިން ކުންފުނީގެ agm.sto.mv ވެބްޕޭޖް މެދުވެރިކޮށް ރަޖިސްޓަރީ ކުރަންޖެހޭނެ ކަމަށެވެ. އަދި ޖަލްސާގެ އެޖެންޑާ އިތުރު މަޢުލޫމާތު، ވެބްޕޭޖު މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށެވެ.

2019 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ އާއި ބެހޭ ގޮތުން އެސްޓީއޯއިން ބުނެފައިވަނީ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އަދި 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓްކޮށްފައިވާ ހިސާބުތައް ފާސްކުރުމަށް އެޖެންޑާކޮށްފައިވާ ކަމަށެވެ. އަދި 2019 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން ޕަބްލިކް ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާފައިވާ 2 ފަރާތާއި އިންޓަވިއުކޮށް، އިވެލުއޭޓްކުރުމަށްފަހު އަލްފާޟިލާ އާމިނަތު ރުޝްމާ، ހ.މޮސްކޯގެ އިންތިޙާބްކުރުމަށް ވަނީ  އެޖެންޑާކޮށްފައެވެ. އެސްޓީއޯއިން ބުނެފައިވަނީ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ “އެސްޓީއޯ އޭޖީއެމް ޕޯޓަލް” މެދުވެރިކޮށް ކަމަށެވެ.

އެސްޓީއޯއިން ބުނެފައިވަނީ އަހަރީ އާއްމު ޖަލްސާގައި ކުންފުނީގެ ކަންކަމާމެދު ހިއްސާދާރުން ދޭން ބޭނުންވާ ހިޔާލުތަކާއި ޑިރެކްޓަރުންގެ ބޯޑާއި ކުރަން ބޭނުންވާ ސުވާލުތައް، ޖަލްސާގެ ކުރިން، ކުންފުންޏަށް ހުށަހެޅޭނެ ކަމަށެވެ. އަދި ޖަލްސާއަށް ރެސްޖިސްޓްރީ ކުރުމުން ޕޯޓަލް މެދުވެރިކޮށް އެ ފުރުސަތު ލިބޭނެކަން ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: