ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑަށް ފަރުވާދޭން ސިއްހީ ހިދުމަތްތެރިން މަދުވުމުގެ ބިރު

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ޑރ. މޫސާ މުރާދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ފެތުރޭ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނާތީ ސިއްހީ ހިދުމަތްތެރިން ކުރިއަށް އޮތް ތަނުގައި މަދުވާނެ ކަމުގެ ބިރު އޮތް ކަމަށް އައިޖީއެމްއެޗުގެ ކްލިނިކަލް އެޑްވައިޒަރީ މެނޭޖުމެންޓް ޓީމުގެ މެންބަރު އަދި އެތެރެހަށީގެ ޑޮކްޓަރު، ޑރ. މޫސާ މުރާދު ރޭ ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުރާދު ވިދާޅުވީ ކޮވިޑް19ގެ ބަލި ރާއްޖެއިން ފެނުނު ހިސާބުން މި ބައްޔަށް ފަރުވާދިނުމަށް ސިއްހީ ދާއިރަގެ ގިނަ ހިދުމަތްތެރިންނެއް މަސައްކަތް ކުރަމުންދާ ކަމަށެވެ.

“އެއްދުވަހުން އަނެއް ދުވަހަށް ކޭސްތައް އިތުރުވަމުންދާއިރު، ގިނަ ބަޔަކު ފެސިލިޓީތަކުގައި އެޑްމިޓް ވަމުން މިދަނީ. މިހެން އެޑްމިޓުވަމުން ދާއިރުގައި، އެތަންތަނުގައި ހިދުމަތް ދޭން ތިބި މީހުންނަށް ވަރަށް ބޮޑު ޗެލެންޖަކަށް ވެގެން އެބަދޭ ގިނަ ބަލި މީހުންތަކެއް ބަލަން ޖެހުމުގެ ސަބަބުން،” ޑރ. ވިދާޅުވި އެވެ.

ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދަށް މަޑުޖެހުމެއް ނާންނައިރު، ޑރ. މުރާދު ވިދާޅުވީ އާދައިގެެ ހޮސްޕިޓަލުތަކުގައި ބަލިމީހުން ބަލާގޮތަށް، ކޮވިޑުގެ ބަލިމީހުން ބެލެން ނޯންނަ ކަމަށެވެ.

ޕީޕީއީގައި ގިނައިރު ޑިއުޓީ ހޭދަކުން ޖެހުމުން ސިއްހީ ހިދުމަތްތެރިންވެސް ވަރުބަލިވާ ކަމަށާއި، ދަތި އުނދަގޫ ގޮތުގައި ޑިޔުޓީ ހޭދަކުންޖެހޭ ކަން ފާހަގަ ކުރައްވާ ޑރ. މުރާދު ވަނީ އެޑްމިޓު ކޮށްގެން ފަރުވާ ދޭން ޖެހޭ ކޭސްތައް ގިނަވުމަކީ ސިއްހީ އެހީތެރިންވެސް ވަރުބަލިވާނެ ކަމެއްކަން ފާހަގަ ކުރައްވައިފަ އެވެ.

ނަތީޖާއެއްގެ ގޮތުން ކޮވިޑަށް ފަރުވާދޭން ހާއްސަކުރާ ސިއްހީ އެހީތެރިންގެ އަދަދު މަދުކުރަން ޖެހިދާނެ ކަމަށް ޑރ. މުރާދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: