މިއީ އެ ސިޓީން ފައްސިވި މީހަކާ ބައްދަލުވި މީހަކު ކޮވިޑް-19 އަށް ފައްސިވި ފުރަތަމަ ފަހަރެވެ. ފޭދޫން އިއްޔެ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މި ބައްޔަށް ފައްސިވި އުމުރުން 27 އަހަރުގެ ދިވެހި ފިރިހެން މީހާއާ ބައްދަލުވި މީހެކެވެ.

އެ ދެ މީހުން ވެސް ހުރީ އެއް ގެއެއްގައި ކަރަންޓީންގައެވެ.

އަދި މިއީ ފޭދޫން ކޮވިޑް-19 ޖެހުނު ތިން ވަނަ މީހާއެވެ. އަދި މިއީ އައްޑޫގެ ނުވަ ވަނަ ކޭސް އެވެ. މީގެ ތެރެއިން މިހާރު ތިން މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މީގެ ތެރެއިން ދެ މީހުން ދޫކޮށްލާފައި ވަނީ އިއްޔެއެވެ.

ރާއްޖެ އިން މިހާތަނަށް 6،912 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، އެމީހުންގެ ތެރޭގައި ހިމެނެނީ 4،135 ދިވެހިންނާއި 2،777 ބިދޭސީންނެވެ. މި ބަލިން ރަނގަޅުވެފައި ވަނީ 4،297 މީހުންނެވެ. ބަލި ޖެހިގެން ނިޔާވެފައި ވަނީ އަށް މީހުންނެވެ.

ރާއްޖެ އިން ބަލި ޖެހުނު މީހުންގެ ތެރެއިން 11 މީހަކު އައިސީޔޫގައި ތިބި އިރު، އަށް މީހެއްގެ ހާލު ސީރިއަސްއެވެ.