ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަހާ މަސްއޫލިއްޔަތު އަދައެއް ނުކުރޭ: ނަޝީދު

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މަޖިލީހުގައި ވާހަކަދައްކަވަނީ ---- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް އަދިވެސް ހަދާފައި ނުވާތީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ޒިންމާ އަދާ ނުކުރެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް މުއްދަތު ހަމަވިއިރުވެސް ހަދާފައި ނުވާތީ މަޖިލީހުގެ ގަވައިދު ކޮމިޓީއިން މީގެ ކުރިން ވަނީ ޒަހާ ޒިންމާ އަދާ ނުކުރައްވާ ކަމަށް ބުނެ ރިޕޯޓެއް ތައްޔާރުކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މިއަދާ ހަމައަށްވެސް އެ ގަވައިދުތައް ގެޒެޓްކޮށްފައި ނުވާ ކަމަށެވެ.

”ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމިޓީއަށް މި މައްސަލަ ފޮނުވިދާނެ. އެހެންނަމަވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި މީގައި އިތުރަށް ބަލާން އޮތް މަސްއޫލިއްތެއް ނެތް. މީގައި ސާފުކޮށް ފެންނާން އޮތީ މަސްއޫލިއްޔަތު އަދާކުރެވިފައި ނުވާތަން.“ މަޖިލިސް ރައީސް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ވަޒީރަކު މަސްއޫލިއްޔަތު އަދާ ނުކުރެއްވީމާ އަމަލުކުރާ އުސޫލުން މެމްބަރުން އަމަލުކުރައްވަން ޖެހޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: