ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާރުކޭޓުގެ މައްސަލަ ހައްލުވާނީ ގަވާއިދެއް ހެދިގެން: މޭޔަރު

މާލޭ ލޯކަލް މާރުކޭޓް. ފޮޓޯ: ޓްރިޕްއެޑްވައިޒަރޑޮޓްކޮމް
ޝެއާރކޮށްލާ ކަހަލަދޯ؟

އާއްމު މާރުކޭޓުތަކުގެ މައްސަލަ ހައްލު ކުރެވޭނީ އެކަމާ ގުޅޭ ގަވާއިދެއް ހަދައިގެން ކަމަށް މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޝިފާ ވިދާޅުވީ މި ވަގުތު އެކި ސަރަހައްދުތަކުގައި މާރުކޭޓުތައް ހުޅުވައިގެން ވިޔަފާރި ކުރެވެނީ ގާނޫނުގައި އޮތް ހުސްކަމެއްގެ ތެރެއިން ކަމަށެވެ. އަދި މި ފުރުސަތު ހަނިކުރުމަށް މި ވަގުތު އާއްމު މާރުކޭޓު ހިންގުމުގެ ގަވާއިދެއް ބޭނުންވާ ކަމަށާއި އިކޮނޮމިކް މިނިސްޓްރީން އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި މަސައްކަތަށް ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ވެސް މޭޔަރު ދެއްވި އެވެ.

ސިޓީ ކައުންސިލުން ވަނީ މާލޭގައި ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ބެލުމަށް “މާސް އިންސްޕެކްޝަން”އެއް ވެސް ހިންގައިފަ އެވެ. މި އިންސްޕެކްޝަންގައި ގަވާއިދާ ހިލާފަށް ހުޅުވާފައި ހުރި ތަންތަން ދެނެގަނެ އެ ތަންތަނުގެ ނަން އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިހާރު އަންނަނީ ކުރަމުންނެވެ. ގާވައިދާ ހިލާފަށް ހުޅުވާފައި ހުރި ތަންތަން ބަންދު ކުރުމަށް ބާރު އަޅުއްވާނެ ކަމަށް ޝިފާ ވިދާޅުވި އެވެ.

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގައި ބިދޭސީން ނުތިބެވޭގޮތަށް ސިޓީ ކައުންސިލުން ހެދުމުން އެ ތަންތަނުގައި މަސައްކަތް ކުރި ގިނަ ބިދޭސީން ވަނީ މާލޭގެ އެކި ތަންތަނުގައި އަމިއްލަ މާރުކޭޓުތައް ހުޅުވައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: