ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފަރުގެ އެއަރޕޯޓުގެ ބޯޑާރ ކޮންޓްރޯލް ނިޒާމު ނިމިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ނ.މާފަރުގެ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފަތުރުވެރިންގެ ކަންކަން ބެލެހެއްޓުމަށްޓަކައި ބޯޑާރ ކޮންޓްރޯލް ނިޒާމުގެ މަސައްކަތް ފުރިހަމަކޮށް ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކޮނޮލޮޖީން މިއަދު ބުނީ މާފަރުގެ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފަތުރުވެރިންގެ ކަންކަން ބެލެހެއްޓުމަށްޓަކައި ބޯޑާރ ކޮންޓްރޯލް ނިޒާމުގެ މަސައްކަތް މި މަހުގެ 19 ވަނަ ދުވަހު އެ މިނިސްޓްރީގެ އެންސީއައިޓީގެ މުވައްޒަފުން ވަނީ ފުރިހަމަކޮށް ނިންމާފައިކަމަށެވެ.

މި މަސައްކަތް ނިމުމާއެކު ބައިނަލްއަޤުވާމީ ފެންވަރުގައި ހުރިހާ ވައިގެ ބަނދަރުތަކުގައި އަދި ކަނޑުގެ ބަނދަރުތަކުގައި މި ޙިދުމަތް ފުރިހަމައަށް ލިބެން ހުންނާނެކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި މާފަރުގެ ވައިގެ ބަނދަރުގައި ޤާއިމުކުރެވުނު ބޯޑާ ކޮންޓްރޯލް ނިޒާމަކީ އެންމެ ފަހުގެ ތަރައްޤީއާއި އެކުގައި މަސައްކަތްކުރާ ނިޒާމެއްކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މި ގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފަސޭހައިން މާފަރަށް ދަތުރުކުރެވޭނެ ގޮތް ވުމަކީ ޤައުމުގެ މިހާރުގެ ހާލަތަށް ބަލާއިރު މި ނިޒާމުގެދަށުން ލިބޭނެ އެންމެ ބޮޑު އެއް ފަސޭހަކަމަށް ވެސް ކޮމިއުނިކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

 

މާފަރު އެއަރޕޯޓުގައި ބޯޑަރ ކޮންޓްރޯލް ނިޒާމުގެ މަސައްކަތް ފުރިހަމަކުރެވުނީ އޯގަސްޓު 19 ގައި. ފޮޓޯ: މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް ސައިންސް އެންޑް ޓެކޮނޮލޮޖީ

އެ މިނިސްޓްރީން ހާމަކުރާގޮތުގައި މާފަރު ވައިގެ ބަނދަރުގައި ހަރުކުރެވުނު އާލާތްތައް ބޭނުންކުރަމުންދާއިރު އިތުރު މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން އެންސީއައިޓީގެ ފަރާތުން ލިބިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: