ރާއްޖާގެ ތާރީހާއި، ދިވެހިންގެ އުޅުމާއި ވައްޓަފާޅިއާއިގުޅޭގޮތުން ފެންނާންހުރި ފޮތްތައް ގިނައެވެ. އޭގެތެރޭގައި ދިވެހި މުސައްނިފުންނާއި ބޭރުގެ މުސައްނިފުންވެސް ރާއްޖެއާއިބެހޭގޮތުން ލިޔުއްވުންތައް ލިޔުއްވާފައިވެއެވެ. “ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ” މިއީ އޭގެތެރެއިން އެއް މަސައްކަތެވެ. އެއީ ފަރަންސޭސިވިލާތުގެ ލަވާލްއަށް އުފަންވި މަޝްހޫރު ސައްޔާހު ފްރެންކޯއީ ޕިރާޑް 17 ވަނަ ގަރުނުގައި ރާއްޖެ ސިފަކޮށް، ތަޖުރިބާކުރެއްވި ކަންކަމުގެ މައްޗަށް ލިޔުއްވި ލިޔުއްވުންތަކެކެވެ. ފަރަންސޭސިބަހުން ތިންފޮތަށް ޗާޕްކުރެވުނު ފޮތް އިނގިރޭސިވިލާތުގެ ޖަމާޢަތަކުން ޕިރާޑުގެ “ދަ ވޮއެޖް” އިނގިރޭސި ބަހަށް ތަރުޖަމާކުރެވިފައި ވަނިކޮށް 20 ވަނަ ގަރުނުގެ ތެރޭގައި މިފޮތް ދިވެހިބަހަށް ތަރުޖަމާކުރައްވައި ފުރަތަމަ ފަހަރަށް ނޫހުގެ ޒަރީޢާއިން ދިވެހިންނާ ހަމައަށް ގެނެސްދެއްވީ ހެންވޭރު މީރުބަހުރުގެ އަލްމަރުޙޫމް މުޙަންމަދު އިސްމާޢީލް ދީދީއެވެ. މިބައިގައި މިގެނެސްދެނީ ޕިރާޑް ރާއްޖޭގެ ކަންކަމާއިބެހޭގޮތުން ލިޔުއްވާފައިވާ ބައެއް ވާހަކަތައް ހުލާސާކޮށެވެ.
ޕިރާޑު ލިޔުއްވާފައިވާގޮތުގައި އުތުރާއި ދެކުނުގެ މީހުންގެ މިޒާޖާއި، އުޅުމާއި، އަޚްލާގު ވަރަށްވެސް ތަފާތެވެ. އަދުގެ ޖީލަށް، މިވާހަކަތަކަކީ މުހިއްމު ވާހަކަތަކެއްކަމަށް ގަބޫލުކުރެވެއެވެ. މިއަދުވެސް އަޅުގަނޑުމެން އުޅެމުންމިދަނީ ޖަޒީރާ އެތައް ސަތޭކަ ރަށް ތަކެއްގެ މައްޗަށް ހިމެނޭ ދިވެހިރާއްޖޭގައެވެ. ރަށްތައް އޭގެ ޒާތުގައި ވަކިވެފައިވީނަމަވެސް، ދިވެހިންގެ ގިނަ ބަޔަކު އުޅެމުންމިދަނީ މަރުކަޒީ މާލޭގައެވެ. އުތުރާއި ދެކުނާއި މެދުރާއްޖެވެސް ހިމެނޭގޮތުންނެވެ.
ދެކުނު އަތޮޅުތަކުގެ މީހުން އެކަނި ސިފަ ހުތުރުވެފައި ކަޅުވެފައި އުޅުން ނުބައިއްޔަކީނޫނެވެ. އެބައިމީހުންގެ ވާހަކަދައްކާ ބަސްވެސް ކުރަކިވެފައި މާ ހަޑިއެވެ.- ޕިރާޑް
ޕިރާޑްގެ ނަޒަރުގައި ދެކުނުގެ މީހުންނާއި ހިލާފަށް، މާލެ ހިމެނޭގޮތުން އުތުރު މީހުންނަކީ އަޚްލާޤް ރަނގަޅު މާތް ބައެކެވެ. މިކަމަށް ބާރުދޭ މާގިނަ ވާހަކަތަކުގެ ހެއްކެއް ނެތެވެ.
ސުވާލަކީ ޕިރާޑް އުތުރާއި ދެކުނު މީހުން ސިފަކޮށްދީފައިވާގޮތާއިމެދު މިއަދު ދިވެހިން، ހާއްސަކޮށް އުތުރާއި ދެކުނުގެ މީހުން އެއްބަސްވަނީ ކިހާވަރަކަށްހެއްޔެވެ!؟
ތިރީގައިމިވަނީ “އުތުރާއި ދެކުނު މީހުންގެ ތަފާތު” ޕިރާޑަށް ތަޖުރިބާކުރެވުނު ގޮތުގެ ވާހަކައެވެ.
އުތުރާއި ދެކުނު މީހުންގެ ތަފާތު
އެބައިމީހުންގެ އުޅުމާއިމެދު ވިސްނާއިރު އުތުރުގެ އަތޮޅުތަކާ އަދި މާލޭގެ މީހުން، ދެކުނުގެ މީހުންނާ އަޅާ ބެލުމަށް ރީތިވެފައި އަޚްލާޤާއި އާދަކާދަތައް މާމޮޅެވެ. ދެކުނު އަތޮޅުތަކުގެ މީހުން އެކަނި ސިފަ ހުތުރުވެފައި ކަޅުވެފައި އުޅުން ނުބައިއްޔަކީނޫނެވެ. އެބައިމީހުންގެ ވާހަކަދައްކާ ބަސްވެސް ކުރަކިވެފައި މާ ހަޑިއެވެ. ދެކުނުގެ އަންހެނުން ހާއްސަކޮށް ފަޤީރުން ކުޑަވެސް ލަދެއްނެތި މުޅީންހެން އޮރިޔާމުން ބޭރަށް ނުކުމެ ހިނގާއުޅެއެވެ. އާއެކޭ އުނަގަނޑާ ކަކުލާ ދޭތެރޭ ކުޑަ ފޮތިކޮޅަކުން ނިވާކޮށްލައެވެ.
ބޭރު މީހުން ގިނައިން ރާއްޖެއަށް އައިސްއުޅެނީ އުތުރު ރަށްރަށުގައެވެ. އެތަންތަނުން މީހުންނާ އިންނަނީ މަދެއްކޮށެއްނޫނެވެ. މިކަމުގެ ސަބަބުން އެތަންގަނޑުގެ ދިވެހީން އެކަނި މުއްސަނދިވަނީއެއްނޫނެވެ. އުޅުން ރީތިވެ، ތަހުޒީބުވެސް ލިބެނީއެވެ. އެހެންވީމާ ރަނގަޅު މޮޅު މީހުން މުޅީންހެން އުފެދެމުންދަނީ މާލެއިން އުތުރުގެ ރަށްރަށުގައެވެ.
ރަސްގެފާނު ބޮޑެެތި އަދަބުދެއްވާ މީހުން ފޮނުއްވާލައްވަނީވެސް ދެކުނަށެވެ. މޮޅު މާތް މީހުންނަކީ މުޅީންހެން އުތުރުގެ މީހުންނެވެ. އަދި ސިފައިން (ހަގުބޭކަލުން) ނަށް ފުދޭ މީހުން ލިބެނީވެސް އުތުރުންނެވެ. އެތަންގަނޑުގެ މީހުންނަކީ އެބައިމީހުންގެ ވިސްނުމަށް އަލަށް ތަކެތި އުފައްދާން ދަންނަ މަސައްކަތްތެރިން ކުޅަދާނަ ބައެކެވެ. ޢިލްމު ނުޖޫމަކީ އެރާއްޖޭގައި ވަރަށް ބޭނުންބޮޑު އެއްޗެކެވެ. މިކަމަށް މޮޅު ފޮތްތެރީން ތިބީވެސް އުތުރުގައެވެ. އެބައިމީހުންނަކީ ވިސްނުންތެރި ހުޝިޔާރުބައެކެވެ.
މީގެއިތުރަށް ވިޔަފާރިއާއި އިޖްތިމާއީ ހަޔާތުގައި މަކަރުވެރި ޗާލާކުބަޔަކުމެއެވެ. އަދި ހަތިޔާރު ގެންގުޅޭން ދަންނަ އެކަމުގެ ހުނަރުތަކަށް ކުޅަދާނަ ހިތްވަރުހުރި ފިރިހެންދުޅާ ބައެކެވެ. އެބައިމީހުން މިހެވިކަން ދަސްކުރީ އެކަމަށް ކަނޑައަޅާފައިވާ އިންތިޒާމްތަކާއި ޤާނޫނުގެ ދަށުންނެވެ.
15 Responses
ތިޔަށް ވުރެ މޮޅު ވާހަކަ އެއް ނެތީ ތަ؟ އެއިން އުތުރު މީހާ؟
ތިޔަ ޕިރާޑު ތިޔައީ ހާދަ ރޭސިސްޓް މީހެކޭ ދޯ؟ ރަނގަޅަށް ވެއްޖެޔާ ދެކުނު މަންޖެ އެއް ސެޓު ކުރަން އުޅެ ނުވީ ކަމަށް ތި ވާނީ.
ޕިރާޑު ޢެބުނީ ޙަމާތެދެއް. ދެކުނު މީހުންނަކީ އަހުލާގީފެންވަރު ދަށްބައެއް. މީހާރުވެސް ނޫހަކުން ކުޑަކުއްޖަކާއި ބޭހުނުވާކައެއް ކިޔާލާއިރު އިންނާނީ ދެކުނުގެ ކޮންމެވެސް ޜަށަކަށް ނިސްބަތްވާ މީހެއް. ވައްކަން، މާރާމާރި މިކަހަލަ ކޮންމެ ކަމެއްކުރިޔަސް ގިނަވާނީ ދެކުނު މީހުން.
ރޭސިސްޓްވަނީ އެއްނޫން ނޫނީވަކި ސައިޑެއްނަގަނީ އެއްވެސްނޫން ތީހަމަ ކަންތައް ހިނގާގޮތް…
އުފެދުނިއްޔާ ގައުމީ ބަތަލެއް އުފެދުނީވެސްއުތުރުން އަދިވެސް ދެންވެސް ވަނީ މިކަންމިގޮތައް
ޕިރާޑު ވިދާޅުވެފަ އޮތީ ރަނގަޅަށް ކަމަށް ވިސްނުމުގެ ފުރުސަތު އޮތް ބައެއް ކަންކަން މިހާރުވެސް ފެނޭ. އެހެން ނަމަވެސް ޕިރާޑުގެ އެދަތުރުގެ މާފަހުން ރާއްޖޭގައި އިނގިރޭސިން ބަނޑަހަ ޖަހައިގެން ތިބެންފެށި ހިސާބުން ދެކުނުގައިވެސް ވަރަށް މޮޅުމީހުން އުފެދިފައިވޭ! އަދި އިނގިރޭސި ދަރިކޮޅާ ވައްތަރު ރީތިކަމެއް ހުންނަ މީހުންވެސް މިހާރު ފެންނަމުންދޭ. އުތުރުން ޕިރާޑަށް އެ ފެނުނީ ޕޯޗުގީޒާ އިނޑިއާ ދަރިކޮޅާ ވައްތަރު ރީތިމީހުން ކަމަށް ވެދާނެ. މެދުރާއްޖެތެރެއާ މާލޭ ސަރަހައްދަށް އުރުނު ނަވުތަކާ ގުރާބުތަކުން ދަތުރުކުރި ޔޫރަޕުގެ އެކި ގައުމުތައް، ހާއްސަކޮށް އިޓަލީ، ފުރާންސް، ޖަރުމަނު ދަރިކޮޅުގެ މީހުނާ ވައްތަރު މީހުން އުފެދިފައި ވުމަކީވެސް އެކަށީގެންވާ ކަމެއް.
ޕިރާޑް ވިޔަސް އޭނަ ސިފަ ކޮށް އެދެނީ އުތުރުގަ އުޅެނީ ބޭރުން އަންނަ މީހުންނަށް ލިބޭ ނުހަލާލު ކުލަ ރީތި ދޮންމީހުން ތިބީ އުތުރުގައި ކަމަށް
ޕިރާޑް ހުވަދޫ ކަނޑު ހުރަސްކޮށް ދެކުނަށް ނުދޭ.ދެން ކިހިނެއް ދެކުނުމީހުންގެ ސިފައާއި އަޚުލާގު އެނގޭނީ.އޭނާ އެބަހުރި ދޮގު ވާހަކަތައްވެސް ލިޔެފައި.
ދެކުނު މީހުންނަކީ އަސްލުވެސް ނުބައި ބައެއް. ޙާއްސަކޮން ހުވަދޫ މީހުން
ޤައުމިއްޔަތަކީ ހާދަހާވާ ނުބައި ނަޖިސް އެއްޗެކެވެ؟ އުތުރެއް ދެކުނެއް މެދެއް ނޯއްނާނެއެވެ. ހަރުބީ ރޯކާފަރަކު “ލިޔުއްވި” ކަމަށް ތިސިފަ ކުރަނީ މުސްލިމުންގެ ވާހަކައެވެ. މުސްލިމެއްނަމަ، އޭނާއަކީ ހަބަޝީ ކަޅު ބަބުރެއްވިޔަސް، އެއީ ﷲ ގެ ޙަޟުރަތުގައި މަޤާމުގެ ގޮތުން މަތިވގެންވާ މީހެކެވެ. އަދި ކާފަރުންނަކީ ހަމުން ދޮނަސް ކަޅަސް، އެބަޔަކަށް ﷲ ލަޢުނަތް ލެއްވުނު މީހުންނެވެ. އެހެންކަމުން ރާއްޖެ ކީއްކުރަން، ދުނިޔޭގެ އެއްވެސް ތަނަކަށް “ތަހުޒީބުގެ” ނަމުގަ ކާފަރުންގެ ނުބައި މުޑުދާރު އާދަކާދަ ތަޢާރުފް ކުރަން އަންނަ ދޮން ކާފަރެއްގެ ޚިޔާލާއި ވިސްނުމަކީ އަހަރުމެން ކުރިމަތީ އެއްވެސް އަގެއް ހުރި އެއްޗަކަށް ހަދައިގެން ނުވާނެއެވެ. އެފަދަ ލިޔުންތައް ތަރުޖަމާ ކުރުމުގައި ވަޤުތު ހުސްކުރާ މީހުންގެ ހުރި މޮޔަކަމާއެވެ.
އަހަރުމެންނަށް އޯކޭއި ހަޑި ވިޔަސް.. އެކަމް މިހާރުވެސް އރިޔާމުން އިންސްޓަގްރާމް އަދި ޓިކްޓޮކް ގަ އެ އުޅެނީ ތިބުނާ އަޙުލާގު ރަނގަޅު ރީތި ކުދިން… އަދި ދެކުނު ފިޔަވާ ދުނިޔޭގެ ވެސް އެހެން އެއްވެސްތާކު މާރާމާރީ، ވައްކަން ނުވަތަ ރޭޕް ފަދަ ކަންކަން ވެސް ނުހިނގާ…
.
ތިބުނާ ޕިރާޑެއް ދެކުނު ހުރަސްކުރިތަ އަހަރުމެންނަށް ބަސްބުނަން؟؟ ނުކުރޭ!! އޭނަ ދިޔަޔީ އެހެން ދެކުނަކަށް.. އަސްލުވާ ގޮތަކީ ރާއްޖޭގެ ދެކުނުގެ ގިނަ ރަށްތަކުގައި އަމިއްލަ ރީތި ސަގާފަތާއި އަމިއްލަ ރީތި ބަހެއް އޮތީމަ މެދުރާއްޖެ އަދި އުތުރުގެ މީހުންނަށް ހަޖަމުނުވަނީ.. އެމީހުން ބިރުވެސްގަނޭ އުތުރުގެ މީހުން ކުރިއަރާފާނެތީ.. އެއީ އަސްލު ހަގީގަތުގައި އުތުރުގެ މީހުން މާ މޮޅުވެ، އާބާދީގިނަވެފައި ނުލާހިކުވެސް ހިންގުންތެރިވާނެ..
.
އަބަދު ތިބޭނީ ޖަައްސާލާފަ!!!!
ޕިރާޑު އޮޅިގެންވެސް އެބުނީ ވަރަށް ރަނގަޅު ވާހަކައެއް. އައްޑޫ، ފުވައްމުލަކު އަދި ހުވަދޫ މީހުންނަކީ މިރާއްޖޭގައި އެންމެ އަހުލާގު ގޯސް މީހުން ކަމާމެދު ދެބަސް ވެވޭކަށް ނޯންނާނެ. ހުރިހާ ގޮތަކުން ބެލިޔަސްވެސް އެންމެ ނުބައި ނުލަފާ މީހުން ތިބީ ހަމަ ރާއްޖޭގެ ދެކުނުގައި. މަސްތުވާތަކެތީގެ ރޮނގުންނާއި މާރާމާރީގައި ވެސް އެންމެ މެޖޯރިޓީ ބޮޑީ ދެކުނުގެ މީހުން. ވަރަށް ސަލާން. ????????
މީ ޕިރާޑް އުޅުނު ޒަމާނެއްނޫން. މިޒަމާނުގައި ދިވެހިރާއްޖޭގެ އަންހެން ކުދިންނަކީ މުޅި ދެކުނު އޭޝިޔާ އަށްވެސް ނަމޫނާ އެއްފަދަ ރީތި ބައެކެވެ. އުތުރެއް ދެކުނެއް މެދު ރާއްޖެ ތެރެއެއް ކިޔާނެކަމެއް ނެތެވެ.
ޕިރާޑޫ ތީކާކު ފާޑުފާޑުގެ އެއްޗެހި ނުލިޔައްޗޭ އިގޭ ފުރަތަމަ އުތުރާއި ދެކުނަކީ ކޯއްޗެއްކަންވެސް އެގޭ މީހެއްނޫން ތީކީ
ބަގާވާތުގެ މީހުން ތަންތާ ހުޅުޖަހާމީހުން ރޭޕިސްޓުން ވަގުން ޕާޓޭން ގިނައީ ދެކުުނުގަ އެކަމަކު ސިފަ ހުތުރެއް ނޫން ވަރަށް ފަސޭހަވާނެ ސެޓިން ބައި އަމާ ދައްތަ އަންބި އެކަކަށް އޯކޭ ވާނެފައސާ ހުރިއްޔާ