ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންގްލަދޭޝްގެ އިތުރު 200 މީހުން އަނބުރާ ޤައުމަށް ފޮނުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ އިތުރު 200 ރައްޔިތުން އަނބުރާ ޤައުމަށް ފޮނުވާލައިފިއެވެ.

މޯލްޑިވިއަނުން ހާމަކުރިގޮތުގައި މި 200 މީހުން އަނބުރާ ބަންގްލަދޭޝްއަށް ފޮނުވައިލާފައިވަނީ މިއަދު މެންދުރުގެ ފުލައިޓުންނެވެ.

މި މަހުގެ 19 ވަނަދުވަހު މޯލްޑިވިއަނުން ބުނެފައިވާގޮތުގައި އެ ދުވަހާއި ހަމައަށް 5933 މީހުން އަނބުރާ ބަންގްލަދޭޝްއަށް ވަނީ ފޮނުވައިލާފައެވެ.

މިއަދު ފޮނުވައިލެވުނު 200 މީހުން ފޮނުވައިލެވުނީ މޯލްޑިވިއަނުން ބަންގްލަދޭޝް މީހުން އެ ޤައުމަށް ގެންދާ 33 ވަނަ ފްލައިޓުގައެވެ.

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުން އެ ޤައުމަށް ފޮނުވާލުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން
އެނބުރި ބަންގްލަދޭޝްއަށް ދާން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން އަންނަނީ މަގުފަހިކޮށްދެމުންނެވެ. ކޮވި

ކޮވިޑް-19އާއި ގުޅިގެން މާލެ ސަރަހައްދު ފުރަބަންދު ކުރި ހިސާބުން ފެށިގެން ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 2500 އަށްވުރެ ގިނަ ބިދޭސީން ވަނީ ފޮނުވައިލާފައެވެ.

ސަރުކާރުން ހާމަކުރިގޮތުގައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ލައްކައެއްހައި ބިދޭސީންނަކީ ޤަވާއިދާއި ޚިލާފަށް އުޅެމުން އަންނަ މީހުންނެވެ.

ބިދޭސީންގެ މައްސަލަ ރާއްޖޭގައި އިތުރުވެފައިވާއިރު މި އަހަރުތެރޭގައި 20،000 ބިދޭސީން އަނބުރާ އެ މީހުންގެ ޤައުމަށް ފޮނުވާލުމަކީ ސަރުކާރުގެ އަމާޒުކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: