ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިނގިލި ރައްޔިތުންނަކީ އެއްވެސް ނަސްލީ ތަފާތު ކުރުމެއް ނެތި އެހެން ރަށް ރަށުގެ ރައްޔިތުންނަށް މަރުހަބާ ކިޔާ ބައެއް: ސައުދު

ވިލިގިނލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން:_ ފޮޓޯ- މަޖްލިސް އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ވިލިނގިލި ރައްޔިތުންނަކީ އެއްވެސް ނަސްލީ ތަފާތު ކުރުމެއް ނެތި އެހެން ރަށް ރަށުގެ ރައްޔިތުންނަށް މަރުހަނާ ކިޔާ ބައެއް ކަމަށް އެ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ސައުދު މިހެން ވިދާޅުވީ ގދ. ތިނަދޫ އިން ކޮވިޑަށް ޕޮޒިޓިވްވި މީހާ ވިލިނގިއްޔަށް ގެންދިޔުމުން އެރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެެ ވިލިނގިއްޔަށް އެރުވުމަށް ދެކޮޅު ހެދި މައްސަލާގައި އެތައް ބަޔެއްގެ ނުރުހުން ވިލިނގިލީ މީހުންނަށް ވަނީ އަމާޒުވެފައި ވަނިކޮށެވެ.

ގއ. ދާންދޫގައި ހޯމް ކަރަންޓީނު ފުރިހަމަ ކުރަމުންދިޔަ ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ވުމާ ގުޅިގެން ވިލިނގިލީގައި ފެސިލިޓީއަށް ގެންގޮސްފައިވާ ކަން ހާމަ ކުރައްވަމުން ސައުދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިލިނގިލި ރައްޔިތުންނަކީ އަބަދުވެސް ނަމޫނާ ދައްކާ ބައެއް ކަމަށެވެ.

“އެއްވެސް ނަސްލީ ތަފާތު ކުރުމެއް ނެތި އަބަދުވެސް އެހެން ރަށް ރަށުގެ ރައްޔިތުންނަށް މަރުހަބާ ކިޔާ ރައްޔިތެއް.” ސައުދު ވިދާޅުވިއެވެ.

ތިނަދޫއިން ޕޮޒިޓިވްވި މީހާ ވިލިނގިއްޔަށް އަރުވަން ދެކޮޅު ހެދުމާ ގުޅިގެން އެމީހާ ވަނީ އަނބުރާ ތިނަދުއަށް ގެންގޮސްފައެވެ. އަދި އިއްޔެ ހަވީރުގެ ވަގުތެއްގައި އޭނާ މާލެ ގެނެސް، ހުޅުމާލޭ ފެސިލިޓީގައި ވަނީ އެޑްމިޓްކޮށްފައެވެ.

އެ މައްސަލައިގައި ވިލިނގިލީ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބަލި މީހާ ވިލިނގިއްޔަށް އެރުވުމަށް ދެކޮޅު ހަދައި ހިންގި އަމަލަކީ ދަށު ދަރަޖައިގެ ނާތަހުޒީބު އަމަލެއް ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ސަރުކާރުން ވަނީ ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް ގާއިމުކުރަން ނިންމައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: