ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: 18 މިލިއަން މީހުން ބަލިން ރަނގަޅުވެއްޖެ

އިންޑިއާ އިން އުފައްދާ ކޮވިޑް ވެކްސިން މިއަހަރު ފަހުކޮޅު ބާޒާރަށް ނެރެނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން 18 މިލިއަން މީހުން ބަލިން ރަނގަޅުވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ ދުނިޔޭގެ އެކި ކަންކޮޅުތަކުން 232,343 މީހުން ބަލިން ރަނގަޅުވި ކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. މިއާއެކު މިހާތަނަށް މި ބަލިން ރަނގަޅުވީ މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 18,151,547 ގައެވެ.

ކޮވިޑް-19 އިން ގިނަ އަދަދެއްގެ ބަޔަކު ރަނގަޅުވީ ނަމަވެސް، މި ބަލި ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ދުނިޔޭގެ ޤައުމުތަކުގައި ފަހަކަށް އައިސް، ކުރިން ނުފެތުރޭހައި ހަލުވިކަމާއެކު މި ބަލި ފެތުރެމުން އަންނައިރު، އިއްޔެ އެކަނިވެސް 244,703 މީހުން އަލަށް ކޮވިޑަށް ފައްސިވެފައި ވެއެވެ.

މިއާއެކު ދުނިޔެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 25,859,717 އަށް އަރާފައެވެ. ދުނިޔެއިން ކޮވިޑް-19 އަށް ފައްސިވުމަށްފަހު ބަލިން ރަނގަޅުވި މީހުންގެ އަދަދު 18 މިލިއަނަށް އަރާފައިވީނަމަވެސް، މި ބަލި އަލަށް ޖެހޭ މީހުންގެ އަދަދު ފާއިތުވެދިޔަ ދުވަސްތަކުގައި ގިނައެވެ. އެހެންކަމުން ދުނިޔެއަށް މި ބަލިމަޑުކަމުގެ ނުރައްކާ އަދިވެސް އިންތިހާއަށް ބޮޑެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: