ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ހަމައެކަނި ކަސޯޓީ އައުޓް ކޮށްލަބަލަ، ވާ އެއްޗެއް އެނގިދާނެ”

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ކެމްޕޭނޭ ދެކޮޅަށް ފޭދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނިހާދު ރައްދުދެއްވައިފިއެވެ.

އިންޑިއާއިން ރާއްޖޭގެ މިނިވަންކަމަށް ހުރަސް އަޅާނެކަމުގެ ބިރު އޮތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މީސް މީޑިއާގައި ވަނީ “އިންޑިއާ އައުޓް” ކެމްޕޭނެއް ފަށާފައެވެ.

މިކަމާ ގުޅިގެން ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާގެ މަޝްހޫރު ޓީވީ ޑްރާމާ ކަސޯޓީ ރާއްޖެއިން “އައުޓް” ކޮށްލައިފި ނަމަ ދިވެހިންނަށް ވާ ގޮތެއް ވެސް އެނގިދާނެ ކަމަށެވެ.

އިންޑިއާ ދެކެ ރުޅި ނާންނަ ކަމަށާއި ނަމަވެސް ރާއްޖޭގައި ބޭރު ގައުމެއްގެ އެއްވެސް އަސްކަރިއްޔާއެއް ބާއްވަން ބޭނުން ނުވާ ކަމަށް ބުނެ ނިހާދުގެ ޓްވީޓަށް ރިޕްލައި ކުރި މީހަކަށް ރައްދު ދެމުން އޭނާ ވިދާޅުވީ ކިޔާ އެއްޗަކާ ހިތުގައި އޮންނަ އެއްޗަކާ ދިމާނުވާ ކަމަށެވެ.

“އަދުރޭ ގާތު ބުނެބަލަ އަސްލު މާނަ ނޯޅޭ ގޮތަށް ކަމެއް ކޮށްލަން. ކޮންމެ ކަމަކުން ވައްކަން ދޯ؟” ނިހާދު ވިދާޅުވިއެވެ.

އިންޑިއާގެ 100 އަށް ވުރެ ގިނަ ސިފައިން ރާއްޖޭގައި ތިބި ކަމަށް ބުނާއިރު، ރާއްޖޭގައި އިންޑިއާގެ މިލިޓަރީ ބޭސްއެއް އަޅަން އުޅޭ ކަމަށްވެސް އިދިކޮޅުން އަންނަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް އެ ވާހަކަތައް ސަރުކާރުން އަންނަނީ ތަކުރާރުކޮށް ދޮގު ކުރަމުންނެވެ.

އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ އިންޑިއާ ދިފާއުކޮށް ވާހަކަ ދައްކަވާފައެވެ. އެގޮތުން އެމަނިކުފާ ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށާއި ރާއްޖޭގެ މިނިވަންކަން ދެމެހެއްޓިފައި މިވަނީ އަދި ދިވެހިންގެ ތަނަވަސްކަން ހޯދޭނީ ވެސް އެ ގުޅުން ވިސްނުންތެރިކަމާއެކު ގެންގުޅެގެން ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 56%ބޮޑު ޖޯކެއް 22%ހައިރާންވެއްޖެ 0%ވަރަށް ދެރަ 22%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: