ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެގްޒެކިއުޓާސް އިން 10 ވެންޓިލޭޓަރު ފޮނުވައިފި

ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައި ޤާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީއަށް ބޭނުންވާ އިކްއިޕްމަންޓްސްއާއި މެޝިނަރީޒް އިންސްޓޯލްކޮށްފި. ފޮޓޯ: ގަން ރީޖަނަލް ހޮސްޕިޓަލް/ޓްވިޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ބޭނުންވި ވެންޓިލޭޓަރު ގެންނަން، ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން 10 ވެންޓިލޭޓަރު އިއްޔެ ރާއްޖެ އަށް ފޮނުވައިފި އެވެ.

މި ވެންޓިލޭޓަރުތައް މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. މި 10 ވެންޓިލޭޓަރަކީ، ހެލްތު މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އެ ކުންފުނިން ކުރިން ރާއްޖެ ފޮނުވި، ވެންޓިލޭޓަރުގެ ފެންވަރު ދަށްވެ، އެ ވެންޓިލޭޓަރުތައް ބަލައިނުގަންނަން، ޑޮކްޓަރުންނާއި ނަރުހުން އަދި ބަޔޯމެޑިކަލް އިންޖިނިއަރުންގެ ޓީމަކުން ނިންމާފައިވާތީ އެ ވެންޓިލޭޓަރުގެ ބަދަލުގައި ފޮނުވި ވެންޓިލޭޓަރުތަކެކެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުން ދުބާއީގެ “އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް” ކުންފުންޏާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެނައުމާއި ގުޅޭ މައްސަލާގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފު އެތަކެއް ކަމެއް ކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

އަދި ހެލްތު މިނިސްޓްރީން ކޮވިޑް-19 އާއި ގުޅިގެން ކޮށްފައިވާ މަސައްކަތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ ރިޕޯޓާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރުމަށް އޭސީސީއާ ފުލުހުންނަށް ރައީސް ވަނީ އަންގަވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: