ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުސައިން އަކީ ބްރޯޑްކާސްޓިންގެ ހަޔާތުގެ ބޮޑު ހިދުމަތްތެރިއެއް: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ހުސައިން މުހައްމަދު އަކީ ބްރޯޑްކާސްޓިން ގެ ހަޔާތުގެ ބޮޑު ހިދުމަތްތެރިއެއް ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހުސެއިން އަވަހާރަވުމާ ގުޅިގެން ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފެރިދޫ ހުސައިން މުހައްމަދަކީ ތިން ދައުރު އަރި އަތޮޅު ތަމްސީލު ކުރެއްވި ރައްޔިތުންގެ ވަކީލެއް ކަމަށާއި ރާއްޖޭގެ ބްރޯޑްކާސްޓިން ހަޔާތުގެ ބޮޑު ހިދުމަތްތެރިއެއް ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ހުސައިން އަކީ ތެދުވެރި، މާއްދިއްޔަތަށް ނުހެއްލޭ ލިޔުންތެރިއެއް ކަމަށާއި އާއިލީ ރަހުމަތްތެރިއެއް ކަމަށެވެ.

“މާތްﷲ މަރްހޫމް އަށް ސުވަރުގެ މިންވަރު ކުރައްވާށި. އާމީން.” ނަޝީދު ވިދާޅުވިއެވެ.

އުމުރުފުޅުން 71 އަހަރުގެ ހުސެއިން އަވަހާރަވެފައިވަނީ ރޭ ދަންވަރުގެ ވަގުތެެއްގައި ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

ރާއްޖޭގެ ސިޔާސީ ދާއިރާގެ އިތުރުން ތައުލީމީ އަދި މީޑިއާގެ ދާއިރާގައި ވެސް ހުސެއިން މަސައްކަތް ކުރައްވާފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: