ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯނޑެއްދޫގައި އިއްޔެ 19 ޕޮޒިޓިވް ކޭސް: “މިއީ ކޮމިއުނިޓީ ސްޕްރެޑެއް ނޫން”

ގދ.ހޯނޑެއްދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ.ހޯނޑެއްދޫއިން އިއްޔެ 19 މީހަކު ކޮވިޑް19 އަށް ޕޮޒިޓްވެފައިވާއިރު، އެ ރަށުގައި އޮތީ ކޮމިއުނިޓީ ސްޕްރެޑެއް ނޫންކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ބުނެފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ފަރާތުން ވާހަކަ ދައްކަވަމުން ޑރ.ނަޒްލާ ވިދާޅުވީ، ހޯނޑެއްދޫގައި އުޅެނީ އެއް ކްލަސްޓާކަމަށާއި،  މިއީ ކޮމިއުނިޓީ ޓްރާސްމިޝަންއެއް ނޫން ކަމަށެވެ. ނަމަވެސް އަދިވެސް ބަލަން ޖެހޭ ބެލުންތައް ބަލަމުންދާކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ އިތުރަށް ވިދާޅުވީ އެއް ރަށަކުން ގިނަ ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން މާލޭ ސިޓީގައި މިވަގުތު އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ހޯނޑެއްދޫގައި ވެސް އަޅާފައިވާ ކަމަށެވެ. އެގޮތުން، ފިހާރަތައް ހުޅުވުމަށް ވަކި ގަޑިތަކެއް ކަނޑައަޅާފައިވާކަމަށާއި، ކެފޭ ރެސްޓޯރެންޓްތައް ބަންދުކޮށްފައިވާކަމަށްވެސް ނަަޒުލާ ވިދާޅުވިއެވެ.

މިވަގުތު ކުރަމުންދާ އެންމެ ބޮޑު މަސައްކަތަކީ އެ ރަށުގައި ބަލި އިތުރަށް ފެތުުރުނަ ނުދިނުންކަމަށާއި، އެކަމަށް ޙާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަމަށްވެސް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

އެގޮތުން މިހާރު ކުރިޔަށްދާ އެންމެ މުހިންމުކަމަކީ، ހޯނޑެއްދޫއަށް ބަލި ދިޔައީ ކިހިނެއްކަން ދެނެގަތުމުގެ މަސައްކަތްކަމަށާއި، އަދި އެ ރަށުގައި ބަލި ޖެހިފައި ތިބި އެންމެން ދެނެގަތުމުގެ މަސައްކަތާއި އެ ރަށުގައި ބަލި އިތުރަށް ފެތުރުުމުގެ ފުރުސަތު ބަންދު ކުރުމަށް ހާއްސަ މަސައްކަތް ކަމަށް، ކޮންޓެކްޓް ޓްރޭސިންގައި އިސްކޮށް އުޅުއްވާ އައިމިނަތު އަރޫޝާ ވިދާޅުވިއެވެ.

އަރޫޝާ ވިދާޅުވީ މިހާތަނަށް ބެލިބެލުމުންވެސް  ހޯނޑެއްދޫގައި ޑައިރެކްޓް ކޮންޓެކްޓް ގޮތުގައި 46 ފަރާތެއް ފާހަގަވެފައިވާކަމަށެވެ. އަދި ޕޮޒިޓިވްވީ އެއްވެސް މީހެއްގެ ކޮންޓެކްޓެއް ހުރިނަަމަ އެކަން އަންގައިދިނުމަށް އެދޭ ކަމަށާއި އެކަމަށް ހާއްސަ ހޮޓްލައިނެއް ވެސް ގާއިމުކޮށްފައިވާނެ ކަމަށެވެ. އަދި މިވަގުތު އެ ރަށަަށް ބޭނުންވާ ސިއްޙީ ސާމާނުވެސް ފޮނުވާފައިވާނޭ ކަމަށްވެސް ވިދާޅުވިއެވެ.

ހޯނޑެއްދޫން  ޕޮޒިޓިވްވި 19 މީހުނަކީ ފަސް އާއިލާއަކުން ޕޮޒިޓިވްވީ ބައެކެވެ. އޭގެ ތެރޭގައި ހިމެނެނީ 1 އަހަރު ނުފުރޭ ތުއްތު ދެކުދިންނާއި، 01 އަހަރާއި 18 އަހަރާއި ދެމެދުގެ 8 ކުއްޖަކާއި 18 އަހަރާއި 50 އަހަރާއި ދެމެދުގެ 7 މީހުނާއި 50 އަހަރުން މަތީގެ ދެ މީހެކެވެ. އެހެން ކަމުން މިހާތަނަށް އެރަށުން 25 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފަ އެވެ. މީގެ ކުރިން އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި ހަތަރު މީހަކު ވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: