ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯޑެއްދޫއަށް ތިނަދޫ މެޑިކަލް ޓީމެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ގދ ހޯޑެއްދޫއަށް އެއަތޮޅު ތިނަދޫގެ މެޑިކަލް ޓީމެއް ފޮނުވައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަތޮޅުތަކުގެ ޓީމްތައް ކޯޑިނޭޓް ކުރެއްވުމުގައި އުޅުއްވާ އަބްދުﷲ މައުރޫފް ވިދާޅުވީ ހޯޑެއްދޫއަށް  ގޮސްފައިވަނީ ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް ކަމަށެވެ. އަދި މެޑިކަލް ސާމާނާއި ޕީޕީއީވެސް ފޮނުވާފައިވާ ކަމަށެވެ.

ހޯޑެއްދޫއިން ޕޮޒިޓިވްވި ދެމީހުންނާއި ގުޅުންހުރި 19 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މިއީ މާލެ ސަރަހައްދު ފިޔަވައި، މިހާ ގިނަ އަދަދެއްގެ މީހުން އެއް ރަށަކުން ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

މިކަމާއި ގުޅިގެން އެރަށު ކައުންސިލުންވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރިއަށް ގެންދިޔުމާއި ކޮވިޑްގެ ކަންކަމުގައި ގުޅުމަށް ޚާއްސަ ހޮޓްލައިނެއް ވަނީ ތައާރަފްކޮށްފައެވެ.

މީގެ އިތުރަށް އާންމުން އެއްވެ އުޅުން މަދުކުރުމަށް ކެފޭ، ރެސްޓޯރަންޓްތައް ވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ. އެހެންނަމަވެސް، ޒަރޫރީ ބޭނުންތައް ފުއްދޭނެ ގޮތްތައް ކައުންސިލުން ވަނީ ފަހިކޮށްދީފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: