ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުސައިންގެ ހަނދާނުގައި މަޖިލީހުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދު އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވައި، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވަނީ ހުސެންބެގެ އާއިލާއަށް، އީވާގެ އަމިއްލަ ނަމުގައްޔާއި، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންގެ ނަމުގައި ތައުޒިޔާ ފޮނުއްވައިފަ އެވެ.

އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ އިދާރާގައި މިއަދު ހުޅުވާ ތައުޒިޔާގެ ދަފްތަރުގައި އެއްޗެއް ލިޔުމުގެ ފުރުސަތު މި ހަފްތާގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން އާންމުންނާއި އަދި ވަކިން ހާއްސަކޮށް ހުސެއިން އާއެކު މަޖިލީހުގައި މަސައްކަތް ކުރެއްވި މެމްބަރުން މި ދަފްތަރުގައި ލިޔުއްވުމަށް މަޖިލީހަށް ވަޑައިގެންނެވުމަށް އީވާ ވަނީ އެދިވަޑައިގެންފައެވެ. މިއަދުގެ ޖަލްސާގައި މެމްބަރުން ވަނީ ހުސެއިންގެ ހަނދާނުގައި ސުކޫތެއް ވެސް ގެނެސްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާގައި ވެސް ގިނަ މަސައްކަތެއް ކުރެއްވި ޙުސައިން މުޙައްމަދުގެ ކުއްލި ވަކިވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކޮށް އާއިލާއަށް ތައުޒިޔާ ރައްދު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: