ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުސައިން މުހައްމަދުގެ ތައުޒިޔާގެ ދަފްތަރުގައި ރައީސް ސޯލިހު ސޮއި ކުރައްވައިފި

ހުސައިން މުހައްމަދުގެ ތައުޒިޔާގެ ދަފްތަރުގައި ރައީސް ސޯލިހު ސޮއި ކުރައްވަނީ-- ފޮޓޯީ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ޢިއްޒަތްތެރި މެންބަރު އަލްމަރުޙޫމް ޙުސައިން މުޙައްމަދުގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސޮއިކުރައްވައިފިއެވެ.

މަރުހޫމް ހުސެއިން މުހައްމަދުގެ ތައުޒިޔާގެ ދަފްތަރު ހުޅުވާލާނީ މިއަދުން ފެށިގެން މިހަފްތާގެ ނިޔަލަށް އާންމުންނަށްވެސް ސޮއިކުރެވޭ ގޮތަށް މަޖިލީހުގައި ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މިއަދުގެ ޖަލްސާ ފެށުމުގެކުރިން މަރުހޫމް ހުސެިން މުހައްމަދުގެ ހަނދާނުގައިވަނީ ހަމަހިމޭންކަމުގެ ސުކޫތެއްވެސް ގެނެސްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވީ މަރުހޫމް ހުސެއިން މުހައްމަދަކީ މަޖިލީހުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ވަރަށް ހެޔޮ އަޚުލާގެއްގެ ވެރިއެއްކަމަށެވެ. އަދި ކޮންމެ ކަމެއްގައިވެސް މަޝްވަރާގެ ތެރެއިން ކަންކަން ކުރެއްވުމަށް ވަރަށްބޮޑަށް ބާރު އެޅުއްވި ބޭފުޅެއްކަމަށެވެ.

ހުސައިން މުހައްމަދަކީ މަޖިލީހުގެ މެންބަރުކަމުގެ އިތުރަށް ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއާއި މީޑިއާގެ ދާއިރާއިން ޓީވީ މޯލްޑިވްސްގެ އިސްމަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އީޑީސީގެ އެކިއެކި މަޤާމުތަކާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ކަމާއި، ޑެޕިއުޓީ މިނިސްޓަރކަން ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: