ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރު ހުސައިންގެ ހަނދާނުގައި ޖޭޕީން ތައުބީންގެ ޖަލްސާއެއް ބާއްވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟
ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދުގެ ހަނދާނުގައި ތައުބީންގެ ޖަލްސާއެއް ބޭއްވުމަށް ޖުމްހޫރީ ޕާޓީން ނިންމައިފި އެވެ.

ޖޭޕީން ބުނީ މި ޖަލްސާ އޮންނާނީ ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ކަމަށާއި މި ޖަލްސާ ބޭއްވުމަށް ހަަމަޖެހިފައިވަނީ މިރޭ 9:00 ގަައި ކަމަށެވެ.

މި ޖަލްސާގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި، ނައިބު ރައީސް ފައިސަލް ނަސީމް އަދި ހުސައިން މުހައްމަދުގެ އާއިލާގެ މެމްބަރުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނަވާނެ އެވެ.

ހުސެއިން އަވަހާރަވީ މި މަހުގެ ފަސް ވަނަ ދުވަހުގެރޭގެ ދަންވަރުގެ ވަގުތެެއްގައި ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

ޙުސައިން މުޙައްމަދަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވިދިވިދިގެން 3 ދައުރެއްގައި ކުރެއްވި ބޭފުޅެކެވެ. މިގޮތުން އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން 2005ން 2009 އަށް އަދި މަތިވެރީ ދާއިރާގެ މެންބަރުކަން 2009ން 2019 އަށް ވަނީ ކުރައްވާފައެވެ.

މީގެއިތުރުން ޙުސައިން މުޙައްމަދަކީ، ސަރުކާރަށް 28 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން ޚިދުމަތްތަކެއް ކޮށްދެއްވި އަދި ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ.

އެ މަގާމުތަކުގެ ތެރޭގައި ޓެލެވިޜަން މޯލްޑިވެސްގެ ޑެޕިޔުޓީ ޑިރެކްޓަރ ކަމާއި، ޑިރެކްޓަރ ކަމާއި، ޑިރެކްޓަރ ޖެނެރަލްކަމާއި، އެގްޒެކެޓިވް ޑިރެކްޓަރކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލްކަމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ ކަމާއި، އެގްޒެކެޓިވް ޑިރެކްޓަރކަމާއި، ޓެލެވިޜަން މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރ ކަން ހިމެނެއެވެ. 6 އޮގަސްޓް 2008 ގައި ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނާއިބުކަމުގެ މަގާމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: