ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުސައިން އަކީ ހިޔާލު ތަފާތުވާ ކަންކަމުގައިވެސް، ވިސްނުންތެރިކަމާއެކު މަޝްވަރާދެއްވާ ނަމޫނާ ބޭފުޅެއް: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ހުސައިން މުހައްމަދު އާއެކު--
ޝެއާރކޮށްލާ ކަހަލަދޯ؟

އަލްމަރުޙޫމް ޙުސައިން މުޙައްމަދު އަކީ ހިޔާލު ތަފާތުވާ ކަންކަމުގައިވެސް، ވިސްނުންތެރިކަމާއެކު މަޝްވަރާދެއްވާ ނަމޫނާ ބޭފުޅެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީން އިންތިޒާމުކޮށްގެން ރޭ ވާޗުއަލްކޮށް ބޭއްވި ހުސެއިން މުހައްމަދުގެ ތައުބީން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ހުސެއިން މުހައްމަދު އަވަހާރަވެފައިވަނީ މި މަހުގެ ތިންވަނަ ދުވަހު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ޙުސައިން އަކީ ދިވެހި ޤައުމަށް އެކި ދާއިރާތަކުން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އަގުހުރި ބޭފުޅެއްކަމަށެވެ.

ރައީސް ވިދާޅުވީ ހުސެއިންއާ މަޖިލީހުގެ ތެރެއިން ބައްދަލުވި އިރު، މަސައްކަތްކުރައްވަން ޖެހުނީ ހިޔާލު ތަފާތު ދެ ޕާޓީއެއްގައި ކަމަށެވެ. ނަމަވެސް ހިޔާލު ތަފާތުވުންތައް އެކަހެރިކޮށް، ހުސެއިންގެ މަޝްވަރާ އެދުވަސްވަރުވެސް ހޯއްދެވި ކަމަށް ރައީސް ވިދާޅުވިއެވެ.

ޙުސައިން މުޙައްމަދަކީ ޚިޔާލު ތަފާތުވާ ކަންކަމުގައިވެސް، ވިސްނުންތެރިކަމާއެކު ޚިޔާލާއި މަޝްވަރާދެއްވާ ނަމޫނާ ބޭފުޅެއްކަމަށާއި އަދި އެކަން ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްޕުޅުކުރެއްވި ދުވަސްވަރާއި، ސިޔާސީ މައިދާނުގައި މަސައްކަތްޕުޅުކުރުމަށް ލިބުނު ފުރުޞަތުތަކުގައި އެމަނިކުފާނަށް ތަޖުރިބާކުރެވުނުކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅޫވީ ޙުސައިންއާ އެންމެ ފުރަތަމަ ދިމާވީ، މީގެ 32 އަހަރުކުރިން އެމަނިކުފާނު ކިޔަވާ ވިދާޅުވުމަށްފަހު، ޓީވީއެމްއާ ގުޅިވަޑައިގެންނެވި ހިސާބުންކަމަށެވެ. އޭރު ޙުސައިން އަކީ އެމަނިކުފާނުގެ ވެރިޔާކަމަށާއި، އެކުގައި މަސައްކަތް ކުރެއްވި ދުވަސްވަރު، އެމަނިކުފާނަށް ވަރަށް ބޮޑަށް އިތުބާރުކުރައްވާ ގިނަ މަސައްކަތްތަކެއް ޙަވާލުކުރެއްވެވިކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: