ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ސަރުކާރެއް ބަދަލުވިއިރު ދޮންފަނަށް އަސާސީ ހިދުމަތް ނުލިބޭ: ރައީސް

ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

2008 ފަށިގެން 2018 އަށް ދެ ސަރުކާރެއް ބަދަލުވެގެން އައިއިރުވެސް ދޮންފަނުގެ ރައްޔިތުންނަށް އަސާސީ ހިދުމަތްތަށް ނުލިބޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީި އިންތިހާބަށް ކުރައްވާ ދަތުރުގެ ތެރެއިން ބ.ދޮފަނަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ސާލިހް ވިދާޅުވީ ދޮންފަނުގެ ޒަރޫރީ ބޭނުން ތަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރުގައި ރައްޔިތުން ބޭނުންވި ގިނަ މަޝްރޫއު ނިމި އަދި އެހެން މަޝަރޫއުތައް ނިމެމުން ދާކަމަށް ވިދާޅުވިއެވެ.

ދޮންފަނަށް ކޮށްދެއްވާފައިވާ ކަންކަމުގެ ތެރެއިން އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި، ކަރަންޓު ރަށަުގެ ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވާއިދެއްވާފައި ވާކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް ގެންދާ މަޝްރޫއު ތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތާއި ބަނދަރުގެ މަސައްކަތުގެ ވާހަކަ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ދޮންފަނުން ފެންނަމުންދާ ތަރައްގީއަކީ އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ކުރެއްވި އިތުބާރުގެ ނަތީޖާ ކަމަށެވެ. ދޮންފަނުގެ ތަރައްގީއަށްޓަކައި ކުރިއަށް އޮތް ދައުރުގައި އެންމެ ފުރަތަމަ ކަމަކަށް އެރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރަށުގެ ބިން އިތުރުކޮށް ރޯ ހައުން ނުވަތަ ފްލެޓް އަޅައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ސާލިހް ވިދާޅުވީ ދޮންފަނަށް ދެންވެސް ތަރައްގީ ގެނެސްދެއްވަން ތިބީ މިހާރު އޮތް ސަރުކާރުން ކަމަށާއި އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތަށް ފުއްދަވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: