ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ހަލަބޮލި ދުވަސްވަރުވެސް ހުސެންބެ އިސްކުރެއްވީ ހިތްހެޔޮކަން: އީވާ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދު (ހުސެންބެ) އަކީ ރާއްޖޭގެ ސިޔާސީ މަޝްރަޙު އެންމެ ހަލަބޮލި ވެގެންދިއިރު ވެސް ހިތްހެޔޮކަން އިސްކުރެއްވި ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިމަހުގެ ތިން ވަނަ ދުވަހުގެ ރޭ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް އަވަހާރަވި ހުސެއިން މުހައްމަދު ވަނީ މެދުނުކެނޑި ތިން ދައުރު މަޖިލީހުގެ މެންބަރުކަން ކުރައްވާފައެވެ.

އެގޮތުން 18 ވަނަ ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ކަމާއި 17 ވަނަ މަޖިލީހުގައިވެސް މަތިވެރި ދާއިރާގެ މެންބަރުކަން ކުރެއްވުމުގެ އިތުރުން 16 ވަނަ މަޖިލީހުގައި އއ. އަތޮޅުގެ މެމްބަރުކަން ކުރެއްވި އެވެ.

އާދިއްތަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފައްޓަވަމުން ދެއްކެވި ވާހަކަފުޅުގައި އީވާ ވިދާޅުވީ ހުސެއިން މުޙައްމަދަކީ އެންމެ ދަތި ވެގެން ދިޔަ ވަގުތުތަކުގައިވެސް ތެދުބަސް ވިދާޅުވި، އިހުލާސްތެރި ހިދުމަތްތެރިއެއް ކަމަށެވެ.

އީވާ ވިދާޅުވި ގޮތުގައި ހުސެއިން މުޙައްމަދާއެކު މަސައްކަތް ކުރި މީހަކު ނަމަ އެކަމަށް ހެކިވާނެއެވެ. މީގެ އިތުރުން ހުސެއިން މުޙައްމަދަކީ ސަރުކާރާއި ދައުލަތުގެ އިތުރުން ގައުމަށް ހިދުމަތް ކުރެއްވުމުގައި އެތަކެއް އަހަރެއް ހޭދަކުރެއްވި ބޭފުޅެއްކަން އީވާ ވަނީ ފާހަގަކުރައްވާފައެވެ.

ހުސެއިން މުޙައްމަދަކީ ހުރިހާ ކަމެއްގައިވެސް، ހުރިހާ ބަހުސެއްގައި ވެސް ތެދުބަސް ވިދާޅުވި ބޭފުޅެއް ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ވޭތުވެދިޔަ 10 އަހަރު  ސިޔާސީ މަޝްރަހުގައި އެތައް ކަމެއް، އެތައް ގޮތަކަށް ނިންމަން ޖެހުނު އިރު އެއްޗެއް ވިދާޅުވަންޏާ ހުސެއިން މުހައްމަދު ވިދާޅުވެފައި އޮންނާނީ ތެދުބަސް ކަމަށެވެ.

“ހުސެންބެ އަކީ ހުރިހާ ކަމެއްގައިވެސް ހަމަގައިމުވެސް އަޅުގަނޑަށް ފެނުނު ތާނގައި، ހުރިހާ ބަހުސެއްގައި ވެސް ތެދުބަސް ވިދާޅުވި ބޭފުޅެއް. ސިޔާސީ މަޝްރަހުގައި އެތައް ކަމެއް އަޅުގަނޑުމެން އެތައް ކަމެއް، އެތައް ގޮތަކަށް ވޭތުވެދިޔަ 10 އަހަރު ނިންމަންޖެހުނު އިރު ހުސެންބެ ހަމަ ވިދާޅުވެފައި އޮންނާނީ ތެދުބަސް” އީވާ

މީގެ އިތުރުން އީވާ ވިދާޅުވީ ހުސެއިން މުޙައްމަދަކީ މައުލޫމާތު ފުން ބޭފުޅެއް ކަމަށެވެ. އަދި ވަކިވެގެން ދިޔައީ ގައުމާއި ރައްޔިތުންނަށް ވަރަށް ގިނަ ދާއިރާތަކެއްގައި މަސައްކަތްކޮށްދެއްވި އިހުލާސްތެރި ހިދުމަތްތެރިއެއް ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

ހުސެއިން މުޙައްމަދުގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވާނެއެވެ. އަދި މި ހަފްތާގެ ނިޔަލަށް، ރަސްމީ ގަޑީގައި އެ ދަފްތަރުގައި ސޮއިކުރުމުގެ ފުރުސަތު އާންމުންނަށް އޮންނާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން ހުސެއިން މުހައްމަދަކީ މީޑިއާ އާއި ތައުލީމީ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވި ބޭފުޅެކެވެ. އެގޮތުން 20 އަހަރުވަންދެން ނޫސްވެރިކަން ކުރެއްވެވިއެވެ. ދުނިޔޭގެ މަސްރަހާއި ބޭރު ކުޅިވަރު ދިރާސާކުރައްވާ ނޫސްވެރިއެއްގެ ގޮތިގައި 1980 އިން 2000 ގެ އަހަރުތަކާ ހަމައަށް މަސައްކަތް ކުރެއްވިއެވެ.

އޭގެ އިތުރުން ހުސެއިން މުހައްމަދު ވަނީ ޕަބްލިކު ސާވިސް މީޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވައިފައެވެ. އަދި އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި އެ މިނިސްޓްރީގެ ޑިރެކްޓަރުކަން އަދި އީޑީސީގެ އެކި މަގާމުތައް އަދާކުރައްވެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: