ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެރެއިންޑް އޮފިސަރުން ނެތް، އެމްއެންޑީއެފްގެ ކަންބޮޑުވުމަކީ ދިވެހި ޑޯނިއާ ޕައިލެޓުންނަށް ދޭން ޖެހޭނެ މުސާރަ!

މިޝަން ދޯސްތީގެ ތަމްރީނުތަކުގެ ތެރެއިން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ގައުމީ ދިފާއީ ބާރުގައި ސީދާ ޑޯނިއާ ދުއްވުމަށް ޓްރެއިނިން ހަދާފައި ތިބި ޕައިލެޓުން ނެތްކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ ދިވެހި ސިފައިންގެ ތެރޭގައި ސީދާ ޑޯނިއާ ދުއްވުމަށް ޓްރެއިނިން ހަދާފައި ތިބި ޕައިލެޓުން ނެތް ކަމަށެވެ. ގާއުމްކޮށްފައިވާ އެލްއޯއީ ނުވަތަ އެގްރިމެންޓަށް އިޝާރާތް ކުރައްވާ ޝަމާލް ވިދާޅުވީ އޭގައި ބަޔާންކުރާ ގޮތުން އެއާކްރާފްޓް، ނުވަތަ ހެލިކަޕްޓާރ ވިޔަސް އޭގައި ދިވެހިން ދުއްވާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެއާއި އެކު ޓްރެއިނިންގެ މަސައްކަތް ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.
ދިވެހި ސިފައިންނަށް ހެލިކަޕްޓަރު ދުއްވުމުގެ ފުރުސަތު ނުދޭންވީ ކީއްވެގެންތޯ ސުވާލު ކުރުމުން ޝަމާލް ވިދާޅުވީ އޭގެ ތެރޭގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އަދި ސިފައިންގެ ތެރޭގައި އެއާކްރާފްޓު ދުއްވުމުގެ ޓްރެއިނިން ނެތް އޮފިސަރުންނަށް އެ ޓްރެއިނިން ވެސް ކުރިޔަށް ގެންދާ ކަމަށެވެ.

“ދެން އެބަހުރި ގޮންޖެހުންތައް. މިހާރު އަޅުގަނޑުމެންގެ ގާތްގަނޑަކަށް ހައެއްކަ ކުދިން މިތިބީ ޕައިލެޓުންގެ ގޮތުގައި. އެހެން ނަމެސް އެ ކުދިންނަކީ އެކި އެކެޑަމީތަކުން، ތަފާތު އެކި އެއާފޯސްތަކުގެ ޓްރެއިނިން ހެދި ކުދިން. ސީދާ މީގެ ރޭޓިންއެއް ނެތް ހަދާފައެއް، ހެލިކަޕްޓަރުގެއެއް.” ޝަމާލް

ޝަމާލް ވިދާޅުވީ މިހާރު ތިބި ޕައިލެޓުންތަކަށް ހެލިކަޕްޓަރު ދުއްވޭގޮތަށް ޓްރެއިނިން ދީ އެ އިންތިޒާމުތައް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމަށެވެ. އަދި އެއާއި އެކު ޑޯނިއާ އެއާކްރާފްޓު ސްޕެޝިލިސްޓު އޮފިސަރުން އެމްއެންޑީއެފްގެ ތެރޭގައި ނެތް ކަމަށް ޝަމާލް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި ކޮމާޝަލީ ވަރަށް ބޮޑު މާކެޓެއް އެބައޮތް ކަމަށާއި، ކޮމާޝަލް ޕައިލެޓުންނާއި، ވުޒާރާގެ ޕައިލެޓުންނަށް މުސާރަ ދިނުމުގައި ދަތިތަކެއް އެބަހުރިކަމަށް ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ ގޮތުންނަމަ އެއީ ވަރަށް ބޮޑު މުސާރައެކެވެ. އަދި ޕައިލެޓުންނަށް 68000 އާއި 80000 އާއި ދެމެދުގެ އަގެއްގައި މުސާރައެއް ދޭން ޖެހޭއިރު ސިފައިންގެ ޕައިލެޓުންނަށް މުސާރައެއް ދޭއިރު އެހެން ދާއިރާތަކުން ވެސް ގޮންޖެހުން އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ސަބަބުން އެހެން ދާއިރާތަކުގެ މުސާރަ ވެސް ބޮޑު ކުރަން ޖެހޭނެ ކަމަށް ޝަމާލް ވަނީ ވިދާޅުވެފައެވެ.

“އޭގެ ތެރޭގައި ޑޮކްޓަރުން އެބަ ހިމެނޭ. އިންޖީނިއަރުން އެބަ ހިމެނޭ. ވަރަށް ގިނަ ޓެކްނިކަލް މީހުން މަސައްކަތް ކުރާ ތަނެއް މިއީ” ޝަމާލް

ވީހާވެސް އަވަސް ގޮތަކަށް މަސައްކަތް ކުރުމުގެ ގޮތުން، ބޭރު ދުނިޔޭގެ ޑޯނިއާގެ ކެޕްޓަން ލެވެލްގެ ފަރާތްތަކާއި ވާހަކަ ދެކެވި، ރާއްޖޭގެ ގައުމީ ދިފާއީ ބާރާއި އެކު މަސައްކަތް ކުރެވޭނެތޯ ބަލަމުން އަންނަ ކަމުގައި ޝަމާލް ވަނީ ވިދާޅުވެފައެވެ.

ޝަމާލް ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ދިފާއީ ބާރުގެ އޮފިސަރުން، ހެލިކަޕްޓަރު ދުއްވުމުގައި ހަރަކާތްތެރިވާނެ ކަމަށެވެ. އަދި އެކި ގޮތްގޮތުން ތަމްރީނުތަކެއް ހެދުމަށް މިހާރު ވެސް ގައުމީ އެއާލައިން މޯލްޑިވިއަން އާއި އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން 03 އޮފިސަރަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 86%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: