ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ކޭސްތައް މަދުވާނެ ކަމަށް ބެލެވެނީ މި މަހުގެ ފަހުކޮޅުން ފެށިގެން: ޑރ. ޝީނާ

ޑރ. ޝީނާ މޫސާ--
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮވިޑް-19 ގެ ކޭސްތައް މަދުވާނެ ކަމަށް ބެލެވެނީ މި މަހުގެ ފަހުކޮޅުން ފެށިގެން ކަމަށް ޕަބްލިކް ހެލްތު އެކްސްޕަރޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

“ކޮވިޑް ހުއްޓުވާނީ އަހަރެން” ގެ ނަމުގައި ދިވެހި މީޑިއާތަކުން އިސްނަގައިގެން ކުރިއަށް ގެންދާ ގައުމީ ކެމްޕޭނުގެ ދަށުން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ ކޮވިޑް ބަލި ކޮންޓްރޯލް ކުރުމަށް އެންމެ މުހިންމު އެއް ކަމަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިން އަށް އަމަލު ކުރުން ކަމަށެވެ.

މިހާރު މިއޮތީ ވަރަށް ބޮޑަށް ބަލި ފެތުރިފައި ކަމަށާއި ނަމަވެސް ކޮވިޑްގެ ކޭސްތައް މި މަހުގެ ފަހުކޮޅުން ފެށިގެން ދަށްވާން ފަށާނެ ކަމަށް ބެލެވޭ ކަމަށެވެ.

“އެސްޓިމޭޓް ކުރެވޭ ސެޕްޓެމްބަރު ފަހުކޮޅަށް ގޮސްފައި ޓްރެޖެކްޓްރީ ތިރިއަށްދާނީ. އެކަމަކު އަދި މި ޓްރެންޑްގައި ދުވަސްކޮޅަކު ހިފަހައްޓާނެ. ނަމަވެސް އަންދާޒާ ކުރެވެނީ މި މަހުގެ ފަހުކޮޅުން ފެށިގެން ދަށްވާން ފަށާނެ ކަމަށް” ޝީނާ ވިދާޅުވިއެވެ.

ޑރ. ޝީނާ ވިދާޅުވި ގޮތުގައި ކޭސްތައް އިތުރުވެ ސިއްހީ ނިޒާމަށް އޮތީ ވަރަށް ބުރަ ބޮޑުވެފަ އެވެ. ކޮވިޑަށް ޚާއްސަކޮށް ހުޅުމާލޭގައި ހެދި ފެސިލިޓީގެ ހުރިހާ އެނދެއް ގާތްގަނޑަކަށް ފުރިފައި އޮތް ކަމަށް ވިދާޅުވި އެވެ. އަދި ކުރިން ވެސް އޮތް ކަންބޮޑުވުމަކީ އެނދުތައް ފުރިއްޖެ ނަމަ އެކަށީގެންވާ ގޮތެއްގައި ބަލި މީހުންނަށް ފަރުވާ ނުދެވުން ކަމަށާއި މެދުކެނޑުމެއް ނެތި މި ފަރުވާގައި އުޅޭ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ޚިދުމަތްތެރިން ވަރުބަލިވެފައި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

“އެހެންވީމަ ޔަގީންކޮށް ދަންނަވާކަށް ނޭނގެ މި ދެތިން ހަފްތާ ތެރޭގައިވެސް މިވަރަށް މެއިންޓެއިން ކުރެވޭނެއެކޭ. އިރާދަކުރެއްވިއްޔާ މިއަށްވުރެ އިތުރަށް ސްކޭލް މައްޗަށްނުގޮސް ދެން ޑައުންވަރޝަންއެން ފެންނާނެކަމަށް އުންމީދުކުރެވެނީ” ޝީނާ ވިދާޅުވިއެވެ.

ޑރ. ޝީނާ ވިދާޅުވީޝޮ ވެކްސިނެއް ލިބެންދެން ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ނަމަވެސް ބަލި ފެތުރުން ކޮންޓްރޯލް ކުރެވިދާނެކަން ފާހަގަކުރަމުން ޝީނާ ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނީ ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެނެސް ފިޔަވަޅުތަކަށް އަމަލުކޮށްގެން ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: