ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުން މައްސަލަ ބަލާތީ ބްރޯޑްކޮމްއަށް ޖަވާބުދާރީވާން ޗެނަލް 13 އިން ދެކޮޅު ހަދައިފި

ބްރޯޑްކޮމްގެ މެމްބަރުން--
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ހަށިކޮޅުގައި އަލިފާން ރޯކޮށްލުމަށް ބުނެ، މީހަކު ދެއްކި ދެއްކި ވާހަކަތަކެއް ވަގުތުން ބްރޯޑްކާސްޓު ކުރި މައްސަލަ ބެލުމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް ޖަވާބުދާރީވުމަށް ޗެނަލް 13 އިން ދެކޮޅު ހަދައިފި އެވެ.

ރައީސް ސޯލިހުގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާ ވާހަކަދެއްކި މައްސަލާގައި އެވާހަކަތައް ދެއްކި 47 އަހަރުގެ ފިރިހެނަކު އިއްޔެ ވަނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައި އެވެ. އަދި މި މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.

ފުލުހުންގެ އިތުރުން، ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް އަންނަނީ މި މައްސަލަ ބަލަމުންނެވެ. މި މައްސަލަ ބެލުމަށް ބްރޯޑްކޮމްގެ ކުއްލި ބައްދަލުވުމެއް މިދިޔަ ހޮނިހިރު ދުވަހު ބާއްވާފައިވާއިރު ޗެނަލް 13 އަށް މި މައްސަލައިގަ ޖަވާބުދާރީ ވުމަށް ދެ ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.

އެ މުއްދަތު މިއަދު ހެނދުނު 9:00 އަށް ހަމަވެފައިވާއިރު ޗެނަލް 13 އިން ވަނީ އެ މައްސަލައިގަ ބްރޯޑްކޮމްއަށް ޖަވާބުދާރީވާން އުޒުރުވެރިވާ ކަމަށް ބުނެ ސިޓީއެއް ފޮނުވާފައި އެވެ. ޗެނަލް 13 އިގެ ސީއޯއޯ ސަމާހު މުހައްމަދު މީޑިއާގައި ވިދާޅުވީ މި މައްސަލައިގަ ބްރޯޑްކޮމްއަށް ޖަވާބުދާރީވާން އުޒުރުވެރިވަނީ ހަމަ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީ ކަމަށެވެ.

މި މައްސަލައިގަ ފުލުހުން ކުރަމުންދާ ތަހުގީގަށް އެ ޗެނަލުން ފުރިހަމައަށް އެއްބާރުލުން ދެމުންދާކަމަށް ވިދާޅުވި އެވެ.

މި މައްސަލައިގައި ޗެނަލް 13 އިން ވަނީ އެމީހާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަކަށްޓަކައި ބެލުންތެރިންގެ ކިބައިން މައާފަށް އެދޭ ކަމަށް ބުނެފައެވެ. އަދި ރައީސް ސޯލިހާއި ގުޅޭގޮތުން އެމީހާ ވާހަކަ ދެއްކީ އަމިއްލަ ހައިސިއްޔަތުން ކަމަށްވެސް އެ ޗެނަލުން ބުނެފައިވެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: