ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ މަހު 29 ގައި ދިރާގު ޓީވީގެ ހިދުމަތް ހުއްޓާލަން ނިންމައިފި

ދިރާގުން ކޭބަލް ޓީވީއަށް އާ ޗެނަލްއެއް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތެއް ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަތޭކަ އިންސައްތަ ހިއްސާވާ ދިވެހި ކުންފުޏަކަށް ދިރާގު ނުވާތީ، އެ ކުންފުނީގެ ރީ ބްރޯޑްކާސްޓިން ލައިސަންސް އާ ނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމާފައިވާ ނިންމުމުގެ ސަބަބުން އަންނަ ޖެނުއަރީ މަހުގެ 29 އިން ފެށިގެން ދިރާގު ޓީވީ އާއި ދިރާގު ޕްލޭގެ ހިދުމަތް ހުއްޓާލަން އެ ކުންފުނިން މިއަދު ނިންމައިފި އެވެ.

ރީބްރޯޑްކާސްޓު ކުރުމުގެ ގަވައިދަށް ގެނައި އިސްލާހުގެ ދަށުން، ރީބްރޯޑްކާސްޓިންގެ ހުއްދަ ދެވޭނީ ހަމައެކަނި ސަތޭކަ އިންސައްތަ ދިވެހި ކުންފުނިތަކަށެވެ. އެހެންވެ ދިރާގުގެ ލައިސަންސް އާ ނުކުރުމަށް ކޮމިޝަނުން ނިންމީ އެވެ.

ބަހުރައިންގެ ބަޓެލްކޯގެ ބޮޑު ހިއްސާއެއް އޮންނަ ދިރާގުގެ ޝަރުތު ހަމަނުވަނީ އެ ސަބަބާއި ހުރެ އެވެ. 2013 ގައި އެ ކުންފުންޏަށް ދޫކުރި ރީބްރޯޑްކާސްޓް ލައިސަންސް ހަމަ ވާނީ އަންނަ ޖެނުއަރީ މަހުގެ 30 ގަ އެވެ.

ރީބްރޯޑްކާސްޓިންގެ ހިދުމަތް މެދުކެނޑުމެއް ނެތި ފޯރުކޮށް ދިނުމުގެ ހައްގު އެ ކުންފުންޏަށް ވެސް ލިބިގެންވާކަން ފާހަގަކޮށް، ދިރާގުން ކޯޓަށް މައްސަލައެއް ވަނީ ވައްދާފަ އެވެ. އަދި އެ މައްސަލައިގައި ކޯޓުން ވަނީ މިިކަމުގައި ތިން ވަނަ ފަރާތެއްގެ މަސްލަތަހު އެކުލެވޭތީ ކޯޓުން މައްސަލަ ނިމެންދެން ދިރާގު ޓީވީގެ ލައިސަންސް ދެމެހެއްޓުމަށް އަމުރުކޮށްފަ އެވެ. ނަމަވެސް އެ ނިންމުން ބްރޯޑްކޮމްއިން ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ.

ހިދުމަތް ހުއްޓާލިކަން ހާމަކޮށް، ކުންފުނިން އާއްމު ކުރި ބަޔާނުގައި ބުނީ ރީބްރޯޑްކާސްޓު ކުރުމުގެ މުއްދަތު ހަމަވާތީ ލައިސަންސް އާ ކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުމުން އެ ޕްރޮސެސް ކުރެވިފައި ނުވާކަމަށެވެ. މި އަހަރުގެ ކުރީކޮޅު ބްރޯޑްކޮމްއިން ގެނައި ރީބްރޯޑްކާސްޓު ކުރުމުގެ ގަވައިދުގެ އިސްލާހުގެ ސަބަބުން ދިރާގަކީ ލައިސަންސަށް ޝަރުތު ހަމަނުވާ ކުންފުންޏެއްކަން ބަޔާނުގައި ފާހަގަކުރި އެވެ.

ބްރޯޑްކޮމްގެ ކުއްލި ބަދަލުގެ ސަބަބުން، އިންސާފުވެރި ހަމަތަކުގެ މަތީން ދެމެހެއްޓެނިވި ރެގިއުލޭޓަރީ ނިޒާމެއް ނެތި ކުންފުނީގެ ޓީވީގެ ހިދުމަތް އަދި ދިރާގު ޕްލޭގެ ހިދުމަތް ކުރިޔަށް ގެންދެވެން ނެތުމުން އެކަމަށް ހައްލު ގެނުމަށް މުޅި އަހަރުގެ ތޭރެގައި ކެނޑިނޭޅި މަސައްކަތް ކުރިކަމަށް ބަޔާނުގައި ވެއެވެ.

ކޯޓުގައި މައްސަލަ އޮތް ނަމަވެސް، ލައިސަންސް އާވާނެކަމުގެ ޔަގީންކަން ނެތުމުގެ ސަބަބުން، ޕްލޭންތަކާއި އެއްގޮތަށް ދިރާގުގެ ރީބްރޯޑްކާސްޓު ކުރުމުގެ ވިޔަފާރި ފުޅާކޮށް ކުރިޔަށް ނުގެންދެވި ގެއްލުންތައް ވިކަމަށް ދިރާގުން ބުންޏެވެ. އަދި ރެގިއުލޭޓަރީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް ކުންފުންޏާއި ހިއްސާދާރުންގެ ރައްކަލާއި މަންފާއަށް އަދި ގެއްލުންތައް އިތުރުވިޔަ ނުދިނުމަށް ޓީވީ އާއި ދިރާގު ޕްލޭގެ ހިދުމަތް ހުއްޓާލުމަށް ބޯޑުން ނިންމީކަމަށް ދިރާގުން ވަނީ މައުލޫމާތު ދީފަ އެވެ.

ބަޔާނުގައި ބުނެފައި ވަނީ ގަވައިދުގެ ދަށުން ހިދުމަތް ހުއްޓާލާ ނަމަ 30 ދުވަސް ކުރިން ކަސްޓަމަރުންނަށް އެކަން އަންގައި ނޯޓިސް ދޭން ޖެހޭތީ އަންނަ ޖެނުއަރީ މަހުގެ 29 އަކީ ދިރާގު ޓީވީ އާއި ދިރާގު ޕްލޭގެ ހިދުމަތުގެ އެންމެ ފަހު ދުވަސްކަމަށެވެ.

ދިރާގުން ބުނީ މި ދަނޑިވަޅުގައި އެންމެ ހާއްސަ އިސްކަމެއް ދިނީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި އުޅޭ ދިރާގުގެ ކަސްޓަމަރުންނަށް ތަފާތެއް ނެތި ރަނގަޅު ފެންވަރެއްގައި ހިދުމަތް ފޯރުކޮށްދޭންކަމަށާއި އެހެންކަމުން އައިޕީޓީވީގެ ހިދުމަތްތައް އުހުތިޔާރު ކުރުމުގެ ފުރުސަތުން މަހުރޫމްވިޔަ ނުދިނުމަށް އެކަމަށް ހައްލެއް ހޯދަން ކުރި މަސައްކަތުން ރީބްރޯޑްކާސްޓު ކުރުމަށް ޝައުގުވެރިކަން ފާޅުކުރި ބައެއް ފަރާތްތަކާއި އެކު މަޝްވަރާ ކުރިކަމަށް ބަޔާނުގައި ވެއެވެ.

އެގޮތުން ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އަލަށް ލިބިފައިވާ އެސްއެސް ނެޓްވޯކް ޕްރައިވެޓް ލިމިޓެޑާއެކު ކުރެވުނު މަޝްވަރާގެ ނަތީޖާއަކީ، ދިރާގުގެ އައިޕީޓީވީ އަދި އޯޓީޓީ ވިއުގަ ޚިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުމަށް އެ ފަރާތާއެކު އެއްބަސްވުމަކަށް އައުންކަމަށް ބަޔާނުގައި ވެއެވެ. އަދި އާ ރީބްރޯޑްކާސްޓަރުގެ ޚިދުމަތަށް  ބަދަލުވާން ބޭނުންވާ ނަމަ، އެކަން ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމުވެސްވަނީ ހަމަޖެހިފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި މިކަމާއިބެހޭ އިތުރު ތަފްސީލު ދިރާގުޓީވީ އަދި ދިރާގުޕްލޭގެ ކަސްޓަމަރުންނަށް ހިއްސާ ކުރާނެކަމަށް ބަޔާނުގައި ވެއެވެ.

މައްސަލައިގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު މަޖިލީހުގެ ކޮމިޓީގައި ވިދާޅުވީ، ދިރާގު ޓީވީގެ ހިދުމަތަކީ ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި 30 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ހަރަދުކޮށް އެ ކުންފުނިން ރާއްޖޭގެ 90 ރަށެއްގެ 15،000 އަށް ވުރެ ގިނަ ކަސްޓަމަރުންނަށް ހިދުމަތް ދެމުން ދާކަން ފާހަގަ ކުރި އެވެ. އިސްމައިލް ވަނީ މިއީ އިންވެސްޓަރުންގެ ކޮންފިޑެންސް ނުވަތަ، ފައިނޭންސްގެ އިތުބާރު ވަރަށް ބޮޑަށް ގެއްލިގެން ދާނެ ސަބަބެއް ކަމަށެވެ. އެއީ އިންވެސްޓަރުން އިންވެސްޓު ކުރަނީ އެކަމަކަށް އަވަސް މުސްތަގުބަލެއްގައި ހުއްޓުމެއް އައިސްދާނެކަމަށް ބަލައި ނޫންކަމަށް ވާތީކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ދިރާގުން ބުނީ ގަވައިދު އިސްލާހު ކުރުމުގެ މަސައްކަތް ކޮމިޝަނުން ކުރިޔަށް ގެންދިޔަ އިރު ދެ ފަހަރެއްގެ މަތީން ޑްރާފްޓެއް ލިބުނު ނަމަވެސް އޭގައި ލައިސަންސް ގެއްލިދާނެ ހާލަތެއް ބަޔާން ކުރާ މާއްދާއެއް ނެތް ކަމަށެވެ. އެ ކުންފުނިން ބުނީ މިއީ އެއްވެސް މަޝްވަރާ ކުރުމެއް ނެތި ގެނައި ބަދަލެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 22%ވަރަށް ދެރަ 78%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

4 Responses

  1. ބޭކާރު ފަސްދި ފަހެއް ފަނަރަހާސް ރަތްޔިތުންގެ ހައްގުތަށް މި ފޭރިގަތީ މި ބަލާވެރި ސަރުކާރަށް ވާގިވެރިވާ ދެތިން ވިޔަފާރި ވެރިންގެ ހައްގުގައި!! ލަދުހަޔާތެއް ނެތި ވޯޓަށް ސަލާން ޖަހަމުން އައްނާތި!!

  2. މީޑިއާނެޓްގައި ރީނދޫ ސަރުކާރުގެ އިސްމީހުން ތިބުމުން އެމީހުންގެ ނުފޫޒުން ކުރި ކަމެއްމީ. އޭރުންތާ މިކަމުގެ މޮނޮޕޮލީ މިމީހުންގެ އަތުގައި އޮންނާނީ. ބުނެވޭ ގޮތުގައި ރާއްޖޭގެ ބޮޑުސޭޓަކީވެސް މީޑިއާނެޓްގެ ޙިއްސާދާރެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: