ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ބައެއްގެ ނުފޫޒެއް ނުފޯރާ: ބްރޮޑްކޮމް

ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީފާގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރުމުގައި އެއްވެސް ބައެއްގެ ނުފޫޒެއް ނުފޯރާ ކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި، ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމްގެ ކުރެއްވި ސުވާލުގެ ޖަވާބުގައި ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ  ވިދާޅުވީ އެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ސަރުކާރުގެ އެއްވެސް ބޭފުޅެއް އަދި މަޖިލިސް މެމްބަރަކު ވެސް ކަމެއްގައި ގުޅައި ވަކި ކަމެއް ވަކި ގޮތަކަށް ކުރަން އަންގަވާފައިނުވާ ކަމަށެވެ. މަރިޔަމް ވަހީދާ ވިދާޅުވި ގޮތުގައި އޭނާ އޮފީސް މާހައުލުގަ އާއި އޮފީހުން ބޭރުގައިވެސް މަސައްކަތް ކުރައްވަނީ އަދި މިހާތަނަށް މަސައްކަތް ކުރައްވާފައިވަނީ ވެސް ނުފޫޒުން އެއްކިބާވެ ހުންނަވައިގެން ކަމަށެވެ.

ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ގައިސް ވިދާޅުވީ  ވޭތުވެދިޔަ މުއްދަތުގައި އެއްވެސް ކަމެއް ނުފޫޒުގެ ދަށުވެގެން ކޮށްފައިނުވާނެ ކަމަށެވެ.

ކޮމިޝަންގެ މެމްބަރު އާމިނަތު އަމީނާ ވިދާޅުވި ގޮތުގައި އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ސިޔާސީ ފަރާތްތަކުންނާއި އެހެން ފަރާތްތަކުގެ އިތުރުން ބްރޯޑްކާސްޓިންނާ ގުޅުންހުރި މީހަކު ވެސް އޭނާއަށް ގުޅައި މަޝްވަރާ ކޮށްފައިނުވާ ކަމަށެވެ.

ކޮމިޝަނަރު އަމްޖަދު ވަހީދުގެ ވާހަކަފުޅުގައި  އޭނާއަށް އެއްވެސް ނުފޫޒެއް އަދި އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައިނުވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ކޮމިޝަންގެ މެމްބަރު މުހައްމަދު ފަޒީން ވިދާޅުވީ މަގާމާއި ހަވާލުވި ފަހުން  ސިޔާސީ އެއްވެސް ބޭފުޅަކު، ބްރޯޑްކާސްޓިން އާއި ރީ ބްރޯޑްކާސްޓިން ގެ ދާއިރާއާއި ގުޅުންހުރި އެއްވެސް ކަމެއްގައި ބައްދަލުކޮށް އަދި މަގުމަތިން ފެނިގެން ވެސް އޭގެ ވާހަކަ ދައްކާފައިނުވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ކޮމިޝަންގެ މެމްބަރު އަލީ ޔޫސުފް ވިދާޅުވި ގޮތުގައި އެންމެ ގިނަ މެމްބަރުން ތިބީ ބްރޯޑްކޮމްގައި ކަމަށް ވާތީ އެހެން މުއައްސަސާތަކަށް ވުރެ ނުފޫޒުގެ ދަށުވެގެން ބްރޯޑްކޮމްގައި ކަންކަން ނިންމަން އުނދަގޫވާނެ ކަމަށެވެ.

ޖުމްލަ ގޮތެއްގައި ބްރޮޑްކޮމްގެ ހުރިހާ މެމްބަރުންވެސް ވަނީ އެބޭފުޅުން މަސައްކަތް ކުރައްވަނީ ނުފޫޒުން އެއްކިބާވެ ތިބެގެން ކަމަށް ވިދާޅުވެފައެވެ.

ބްރޮޑްކޮމްގެ މެމްބަރުންނަށް ތުހުމަތު ތަކެއް ކުރެވިފައިވަނީ  ރީ ބްރޮޑްކާސްޓް ކުރުމުގެ ގަވާއިދަށް ގެނެވުނު އިސްލާހާއި ގުޅިގެންނެވެ. ގަވާއިދަށް ގެނެވުނު އިސްލާހުގައިވާ ގޮތުގައި ރީ ބްރޮޑްކާސްޓް ކުރަން އެދޭ ފަރާތަކީ 100 އިންސައްތަ ދިވެހިން ހިއްސާވާ ކުންފުންޏެއް ކަމުގައި ވާންޖެހޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: