ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ޑީއާރުޕީން ދަރަންޏަށް ޒިންމާ ނަގާނެ، ޝުކުރިއްޔާ ޝަރީފް!”

ޑީއާރްޕީ އާއެކު އިލެކްޝަންސް ކޮމިޝަނުން ބައްދަލުކުރަނީ: ފޮޓޯ / އީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޑީއާރުޕީއަކީ ދަރަންޏަށް ޒިންމާ ނަގާނެ، ޒިންމާދާރު ޕާޓީއަކަށް ވެގެންދާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ ޑީއާރުޕީން ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި އެއްގޮތަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ކުރުމުގައި ހުރި މައްސަލަތައް ދެނެގަތުމަށް އެޕާޓީގެ ލީޑާޝިޕާއެކު އިލެކްޝަން ކޮމިޝަނުން ބޭއްވި ބައްދަލުވުމަށް ފަހުއެވެ.

އެގޮތުން ޖާބިރު ވިދާޅުވީ ކޮވިޑްގެ ކަންކަން ހަމައަކަށް އެޅުމާއެކު ޑީއާރުޕީގެ މަސައްކަތްތައް ބާރަށް ކުރިއަށްދާނެ ކަމަށާއި ޑީއާރުޕީން ދަރަނިތައް ދައްކާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާއި މެމްބަރުން އަދި ހީވާގި މުވައްޒަފުންނަށް ފަށްފަށުން ޝުކުރު ދަންނަވަން، ކޮވިޑްގެ ކަންކަން ހަމައަކަށް އެޅުމާއެކު ޑީއާރުޕީގެ މަސައްކަތްތައް ބާރަށް ކުރިއަށްދާނެ. ޑީއާރުޕީއަކީ ދަރަންޏަށް ޒިންމާ ނަގާނެ، ޒިންމާދާރު ޕާޓީއަކަށް ވެގެންދާނެ.” ޖާބިރު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައި ވަނީ އެ ބައްދަލުވުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާ ކަންކަން ފުރިހަމަ ކުރުމުގައި ޑީއާރުޕީ އަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ޑީއާރުޕީގެ ލީޑާޝިޕްގައި ހިމެނޭ ބޭފުޅުންނާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމެއް ކަމަށެވެ.

ޑީއާރްޕީއާއެކު އީސީން މަޝްވަރާ ކޮށްފައިވާއިރު ދާދިފަހުން ޑީއާރްޕީގެ މައްސަލައެއް އިލެކްޝަނުން ވަނީ ކޯޓަށް ހުށަހަޅާފައެވެ. އެއީ ޕާޓީގެ ތިން އަހަރުގެ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ހުށަނޭޅުމުން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ހޯދުމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން އޮޑިޓް ރިޕޯޓް ހުށަނާޅާނަމަ 20،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވިދާނެއެވެ. ޑީއާރުޕީ ޖޫރިމަނާ ކުރަން ނިންމާފައިވާ ސީދާ އަދަދެއް އަދި ސާފެއް ނުވެއެވެ. އޮޑިޓް ރިޕޯޓް ހުށަނާޅާ ބައެއް ޕާޓީތައް މީގެ ކުރިން ވެސް ޖޫރިމަނާކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: