ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: ހޯޑެއްދޫއިން 40 މީހަކު ކަރަންޓީނު ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ހޯޑެއްދޫ އިން ކޮވިޑް-19 އަށް ފައްސިވީ މީހަކާއި ޑައިރެކްޓް ކޮންޓެކްޓުވި 40 މީހަކު ކަރަންޓީނު ކޮށްފިއެވެ.

އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި ހަތަރު މީހަކާއި އެމީހުންނާއި ޑައިރެކްޓް ކޮންޓެކްޓް ނެތް ދެމީހަކު ކޮވިޑަށް ފައްސި ވުމުން އެރަށް މޮނީޓަރިންއަށް ލީ މިދިޔަ ހުކުރު ދުވަހުގައެވެ.

އެޗްޕީއޭ އިން ބުނެފައިވަނީ ކަރަންޓީންގައި ތިބި މީހުންނާ ގުޅުމެއް ނެތް ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ރަށުގެ ހާލަތު ސީރިއަސް ވެދާނެ ކަމަށެވެ.

ހޯޑެއްދޭ މިހާރު ވެފައިވަނީ މާލެ ފިޔަވާ މިބަލީގައި އެންމެ ގިނަ މީހުން މިހާތަނަށް ފައްސިވީ ރަށަށެވެ. އެއީ އެރަށުން ފަހުން ފެނުނު ބަލި ދެ މީހުންނާ ގުޅުން ހުރި 30 އަށް ވުރެ ގިނަ މީހުން/ކުދިން ޓެސްޓްކުރި އިރު އޭގެ ތެރެއިން 19 މީހުން/ކުދިން ވަނީ ކޮވިޑަށް ފައްސި ވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: