ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން ރެންޑަމް ސާމްޕަލް ނަގައި ޓެސްޓު ކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން ކޮވިޑް-19ގެ ރެންޑަމް ޓެސްޓްތަކެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ ހޯނޑެއްދޫއިން ކޮވިޑް-19 ޖެހިފައިވާ ބަޔަކު ފެނުމުގެ ކުރިންވެސް ރާއްޖޭގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް، އެކި ރަށްތަކުން ރެންޑަމް ސާމްޕަލްތަކެއް ނަގައި ޓެސްޓުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

މީގެތެރޭގައި ބަލި ފެނިފައިވާ ރަށްތަކާއި، އަދި ބަލި ނެތް ރައްތަކުންވެސް ރެންޑަމް ސާމްޕަލް ނަގައި ޓެސްޓުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި މި މަސައްކަތަކީ ރާއްޖޭގެ ރަށްތަކުގައި ބަލި އުޅޭތޯ ބެލުމަށް ކުރިއަށްގެންދަން ނިންމި މަސައްކަތެއް ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

“ބަލި ފެނުން ރަށްތަކުންވެސް ރަށުތެރޭގައި ބަލި އުޅޭތޯ ބެލުމަށް ޓެސްޓު ހަދާފައިވާނެ. އަދި މިހާރުވެސް ކުރިއަށްދޭއެބަ. މިހާރުވަނީ ރާއްޖޭގެ ހުރިހާ ސަރަޙައްދުތައް ކަވަރކުރެވޭގޮތަށް ރެންޑަމް ސާމްޕަލް ނަގައި ޓެސްޓްކުރުމުގެ މަސައްކަތްތަކެއް ފަށާފައި. މިއީ ވަކި މުއްދަތެއްގެ ތެރޭގައި ހުރިހާ ހިސާބެއްގައި ކުރިއަށްގެންދެވޭނެ މަސައްކަތެއް.” ޑރ.ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ރަށްތަކުގެ ޓާސްކްފޯސްތައް ހަރުދަނާކޮށް މަޢުލޫމާތުދީ، ދިމާވެދާނެ ޙާލަތަކަށް ތައްޔާރުވުމަށް މަޢުލޫމާތު ދިނުމުގެ ކޮންފަރެންސްތައް އޮންލައިންކޮށް ބާއްވަމުންދާ ކަމަށާއި ރިފްރެޝަރ ޓްރެއިނިންގްތައްވެސް އެބަ ކުރިއަށްގެންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: