ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާކުރަން ވާނީ އިންޑިއާ އާއި ޗައިނާއާ ދެމެދުގައި ނުފެތި އޮންނާނެ ގޮތަކަށް: އުމަރު

އުމަރު ނަސީރު-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާކުރަން ވާނީ އިންޑިއާ އާއި ޗައިނާއާ ދެމެދުގައި ނުފެތި އޮންނާނެ ގޮތަކަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ މިދުވަސްވަރު އެތައް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ޓްވިޓާގައި “އިންޑިއާ އައުޓް” ހޭޝްޓެގެއް ވަނީ އާއްމުވެފައެވެ.

މި ކަމާ ގުޅިގެން ރޭ ދިވެހި ޗެނަލްގެ “ހަވާސާ” ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި މިހާ ހިސާބަށް އޮތުމުގެ ސިއްރަކީ ޗައިނާ އާއި އިންޑިއާ ހަނގުރާމަ ކުރާ ތަނަކަށް ރާއްޖެ ބަދަލުނުކޮށް އެދެ ބާރު ކޯޅުމުގެ ތެރެއަށް ރާއްޖެ ނުވަދެ އޮތް އޮތުން ކަމަށެވެ.

“ރާއްޖޭގެ ހާރިޖީ ސިޔާސަތު އަބަދުވެސް ބިނާކުރަން ވާނީ މިދެ ބޮޑު ބާރު[އިންޑިއާ އަދި ޗައިނާ]ގެ ދެމެދުގައި ރާއްޖެ ނުފެތި އޮންނަ ގޮތަކަށް. އެއްވެސް ކޮޅަކަށް ރާއްޖެ ޖެހިއްޖެނަމަ މި މައްސަލަ ނިކުންނާނެ. އެއީ ޗައިނާ ކޮޅަށް އަޅުގަނޑުމެން އެރިޔަސް އަދި އިންޑިއާ ކޮޅަށް އަޅުގަނދުމެން އެރިޔަސް މި މައްސަލަ ނިކުންނާނެ،” އުމަރު ވިދާޅުވިއެވ.

އުމަރު ވިދާޅުވީ މި ދެ ގައުމަކީ ވަރަށް ބޮޑު، ވަރަށް ބާރުގަދަ ދެ ގައުމު ކަމަށާއި ރާއްޖޭގެ ރޯލަކަށް ވާން ވާނީ މިދެ ގައުމާއެކު ވިޔާފާރި ކޮށްގެން އިގްތިސާދީ ފައިދާ ހޯދުން ކަމަށެވެ. އޭގެ ބަދަލުގައި އެތަނުން ކޮންމެވެސް އެއް ގައުމެއްގެ ފަޅިއަށް އަރައި އަނެއް ގައުމަށް އެއްޗެހި ގޮވުމެއް ނޫން ކަމަށާއި އެފަދައިން ކަންތައް ކޮށްފިނަމަ ރާއްޖެއަސް އިގްތިސާދީ ފައިދާއެއްވެސް ނުލިބި، ސަލާމަތީ ގޮތުން ވަނީ ގެއްލުން ކަމަށް އުމަރު ވިދާޅުވިއެވެ.

“ވަރަށް ގިނައިން ފެނޭ ރައީސް [މުހައްމަދު] ނަޝީދު ޗައިނާއަށް ހަމަލާ ދެއްވަނިކޮށް. މިއީ ވަރަށް ގޯސްކަމެއް. އެއްގޮތަކަށް ވެސް ޗައިނާއަށް ހަމަލާދީގެން ނުވާނެ. ހާއްސަކޮށް ދައުލަތުގެ އެހާ މަތީ ބޭފުޅަކު. އަދި އަޅުގަނޑުމެނަށް ފެނޭ އިދިކޮޅި ބައެއް ފަރާތްތަކުން އިންޑިއާއަށް ޒާތީގޮތުން ވާހަކަ ދައްކާތަން ވެސް. އެއީވެސް ގޯހެއް. އަޅުގަނޑުމެން އިންޑިއާއާ މެދު ނަފްރަތާއި ހޭޓް އުފައްދައިގެން ނުވާނެ.” އުމަރު ވިދާޅުވިއެވެ.

ރާއްޖެ ފަދަ ކުޑަ ޤައުމެއްގެ މިނިވަންކަމަށް ގޮންޖެހޭ ގޮތަކަށް އިންޑިޔާ ކަހަލަ ބޮޑު ބިޔަ ޤައުމެއްގެ ސިފައިން ރާއްޖޭގައި ބައިތިއްބައިގެން ނުވާނެ ކަމަށާއި، މިކަން ނިންމަންޖެހޭ ކަމުގައި ޢުމަރު ނަޞީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: