ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނިމާދޫއަށް ޖެއްސި އިންޑިއާގެ ބޯޓު: އައީ އޮޕަރޭޝަންއަކަށް، 16 ވަނަ ދުވަހުގެ ނިޔަލަށް ސިފައިން ރާއްޖޭގައި ތިބޭނެ!

ހަނިމާދޫއަށް މިއަދު ޖެއްސި އިންޑިއާގެ އަސްކަރީ މަތިންދާބޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ.ހަނިމާދޫއަށް އައި އިންޑިއާ ސިފައިންގެ ފައުޖު މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ތިބޭނެ ކަމަށް ރާއްޖޭގެ ގައުމީ ދިފާއީ ބާރު އެމްއެންޑީއެފްއިން ބުނެފިއެވެ.

ހަނިމާދޫ އެއާޕޯޓަށް އިންޑިއާގެ އަސްކަރިއްޔާގެ ދެ މަތިންދާ ބޯޓު ޖައްސާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. މިއީ އިންޑިއާގެ ސިފައިން ބޭނުން ކުރާ ޑޯނިއާ-228 މަރުކާގެ ދެ ބޯޓެވެ.

އިންޑިއާގެ އަސްކަރިއްޔާގެ ދެ ބޯޓެއް ހަނމާދޫގައި ޖައްސާފައިވަނީ “އިންޑިއާ އައުޓް” ގެ ނަމުގައި ބޮޑު ކެމްޕެއިނެއް ވެސް ކުރިޔަށް ގެންދަނިކޮށެވެ. އަދި ރާއްޖޭގައި އެއްވެސް ގައުމެއްގެ ހަތިޔާރު އެޅި ސިފައިންނެއް ނުވަތަ މިލިޓަރީ ބޭސްއެއް ނެތް ކަމަށް އެމްއެންޑީއެފްއިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކޮށްފައި ވަނިކޮށެވެ.

ރާއްޖެއަށް އައި މި ދެ ބޯޓާއި އެކު އަނެއްކާވެސް ސުވާލުތަކެއް އުފެދިފައިވާއިރު، ނޫސްވެރިންތައް ސުވާލު ކުރަން ފެށުމުން އެމްއެންޑީއެފްގެ އެމްއެންޑީއެފްގެ އިސްތަރުޖަމާނު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ހަނިމާދޫ އެއާޕޯޓަށް ޑޯނިއާ ޖައްސާފައިވަނީ މިއަދުގެ 10:25 ގައި ކަމަށެވެ. އަދި އިންޑިއާގެ އަސްކަރިއްޔާގެ އެ ދެ ބޯޓު ރާއްޖޭގައި މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިއީ ސިލްސިލާކޮށް ރާއްޖޭގައި އީއީޒެޑް ބެލުމަށްފަހު، އެމްއެންޑީއެފްގެ ސިފައިންނާއި ގުޅިގެން ކުރިޔަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.

އޮޕަރޭޝަނެއްގެ ވާހަކަ ފާހަގަ ކުރުމުން އެމްއެންޑީއެފްގެ މީޑިއާ ގްރޫޕުގައި ނޫސްވެރިން ވަނީ އެ ސިފައިން ކަރަންޓީން ނުވަނީތޯ ސުވާލުކޮށްފައެވެ. އަދި އިންޑިއާ އަކި ދުނިޔޭގައި ދެ ވަނައަށް އެންމެ ބާރަށް ކޮވިޑު ފެތުރެމުން ދާ ގައުމަށް ވާއިރު ރާއްޖެއަށް އައި އިންޑިއާ ސިފައިން ބައްޔަށް ޓެސްޓު ކުރިތޯ ނޫންތޯ ނޫސްވެރިން ވަނީ ތަކުރާރުކޮށް ސުވާލުކޮށްފައެވެ. އެހެން ނަމަވެސް އެ ސުވާލަށް އެމްއެންޑީއެފްއިން ޖަވާވެއް ނުދެއްވައެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރާއްޖެއަށް އިންޑިއާގެ ދެ ބޯޓު އައި އިރު މި ދެ ބޯޓު ވެސް އެއާޓްރެފިކް ނުވަތަ އެމްއެންޑީއެފްގެ ރާޑަރަށް ނާރާކަމަށް ވިދާޅުވެފައެވެ. އަދި މި ދެ ބޯޓު ވެސް ރާއްޖެ އަންނަކަން ހަނިމާދޫ ކައުންސިލްއަށް އަންގާފައިވަނީ ދާއިރާގެ މެމްބަރު ކަމަށް ޝިޔާމް ވިދާޅުވިއެވެ. ސިފައިން ރަށުގެ ތެރެއަށް ފޭބުމަށް ހަމަޖެހިފައިވާ ކަމަށާއި، އަދި މި ހުރިހާ ކަމެއް ހިނގައިދާއިރު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އޮތީ ނިދާފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ހަނިމާދޫއަށް އިންޑިއާ ސިފައިން ބޯޓު ޖެއްސިއިރު އެކަން އިމިގްރޭޝަނަށް ވެސް ނާންގާ ކަމަށް ވާހަކަ ދެކެވޭއިރު އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ވެސް އެމްއެންޑީއެފްއިން އެއްވެސް ޖަވާބެއް ނުދެއްވައެވެ.

ތަކުރާރުކޮށް ސިފައިންގެ ޖުމްލަ ކިތަށް މީހުން އައި ތޯ އާއި ކޮވިޑަށް ޓެސްޓު ކުރާނެތޯ ސުވާލު ކުރުމުން އެމްއެންޑީއެފް އެއަށް ޖަވާބެއް ނުދެއެވެ. އަދި އޭގެ ފަހުން އެމްއެންޑީއެފްއިން ބުނެފައިވަނީ އާއްމުކޮށް އޮޕަރޭޝަންތަކަށް އަންނަނީ ދެ ފްލައިޓު ކަމަށެވެ. އަދި ބެކް ފްލައިޓަކާއި، އޮޕަރޭޝަންސްއަށް އަންނަ ފްލައިޓު ކަމަށެވެ.

ބެކް ފްލައިޓު އަންނަ ދުވަހު ފުރާއިރު، މިއަދު އަދި ދެވަނަ ފްލައިޓު ހަމަ މިއަދުގެ ވަގުތެއްގައި ފުރާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: