ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤައުމުތަކާއެކު އޮތް ޚާރިޖީ ގުޅުން ވަރުގަދަވުމަކީ އިދިކޮޅުން ހިތްކިޔާ ކަމަށް ނުވާނެ: ޝިފާއު

ރައްޔިތުންގެ މަޖްލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެހެން ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ޚާރިޖީ ގުޅުންތައް ވަރުގަދަ ވެގެންދިޔުމަކީ އިދިކޮޅު ފަރާތްތަކުން މާ ގަޔާވެ، ހިތް ރުހޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖްލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ސަންގުޓީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވީ މިހާރުގެ ވާދަވެރި ސިޔާސީ ޕާޓީތަކުން ވެރިކަމުގައި އޮތްއިރު ރާއްޖެވަނީ ދުނިޔޭގެ އެހެން ގައުމުތަކާއި ވަރަށް ބޮޑަށް އެކަހެރިވެފައި ކަމަށެވެ.

ޝިފާއު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ވެރިކަމުގައި އޮތް ދުނިޔޭގެ ބައެއް ގައުމުތަކު ޤާއިމްކޮށްފައިވާ ޚާރިޖީ ގުޅުން ކަނޑާލާ، ދުނިޔޭގެ ބޮޑެތި ޖަމިއްޔާތަކުން ވަކިވެފައިވުމުގެ ސަބަބުން އެތަކެއް ގެއްލުމެއް ރާއްޖެއަށް ކުރިމަތިވި ކަމަށެވެ.

އެގޮތުން ޝިފާއުގެ ވާހަކައިގައި، ގަތަރާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލުމާއި، ކޮމަންވެތުން ވަކިވުމުގެ ސަބަބުން ރާއްޖޭ ކުރިމަތިވި ގޮންޖެހުންތަކުގެ ވާހަކަ ވަނީ ފާހަގަކުރައްވާފައެވެ.

ޝިފާއު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ވެރިކަންކުރި އިރު، ވަކިން ޚާއްސަކޮށް އިންޑިއާއެކު އޮތް ގުޅުންތަކަށް ބުރޫއަރާ އެކަމުގެ ސީދާ ގޮތުން ރައްޔިތުންނަށް ކުރިމަތިވި ކަމަށެވެ.

ރާއްޖޭގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި ދުނިޔޭގެ އެހެން ގައުމުތަކަށް ވުރެއް ބޮޑަށް އިންޑިއާ އިން ރާއްޖެއާމެދު ޚާއްސަ ނަޒަރަކުން ދެކޭ ކަމަށް ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ އިދިކޮޅުފަރާތްތަކުން މިވަގުތު އިންޑިއާއާއި ދިމާކޮއްލާގެން އުޅޭ ސަބަބަކީ ކޮވިޑުގެ ހާލަތުގައިވެސް ރާއްޖޭގެ ތަރައްގީގެ މަޝްރޫތަށް ނުހުއްޓި ކުރިއަށްދާތީ ކަމަށެވެ. އަދި އެކަންކަން ކުރުމަށް އިންޑިއާއިން ފޯރުކޮއްދިން އެހީތެރިކަން ހަޖަމުނުކުރެވި ދައްކާނެ އެހެން ވާހަކައެއް ނެތިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތައް އަޑީގައި ތިބިގެން “ވައި ގޮތަކަށް” ސޯޝަލް މީޑިއާގައި އިންޑިއާ ދެކޮޅަށް ހިންގާ ކެމްޕޭނަކީ އޭގައި އެއްވެސް އަސްލެއް ހިމެނޭ ކަމެއް ނޫން ކަމަށް ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވި ގޮތުގައި ހަގީގީ މައްސަލައަކީ އިންޑިއާ އިން ރާއްޖެއަށް ވަމުން އަންނަ އެހީތެރިކަން ހަޖަމު ނުވުމުމެވެ. އަދި ރާއްޖޭގެ މިނިވަންކަން ގެއްލޭނެ އެއްވެސް ކަމެއް މިސަރުކާރުން ނުކުރާނެ ކަމަށް ޝިފާއު ވިދާޅުވިއެވެ.

“އިންޑިއާ އިން ކޮށްދޭ ކަންތައްތައް އިދިކޮޅު ފަރާތްތަކަށް ބަލައިގަންނަން އުނދަގޫވެގެން މިއުޅެނީ، ދެން އެހެން ކިޔާފައި އިންޑިއާ ބޭރުކުރުމުގެ ކެމްޕޭނެއް ހިންގިޔަސް، އަދި ކެމްޕޭނުގެ ތެރެއިން މަގުމަތިން ވެރިކަން ވައްޓާލެވޭނެ ކަމުގެ ހުވަފެން ދެކުނުނަސް އަދި އެކަމެއް ނުވާނެ”  ޝިފާއު

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރާ އެކު އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުގެ އިތުރުން ހދ. ހަނިމާދުއަށް ވެސް އިންޑިއާ ސިފައިންގެ ބަޔަކު އަންނަ ވާހަކަތަކަކާއި ގުޅިގެން ސަރުކާރަށް ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ.

އިދިކޮޅު ފަރާތްތަކުން އެފަދަ ވާހަކަތަކެއް ދައްކި ނަމަވެސް ބޭރުގެ ހަތިޔާރު އެޅި ސިފައިންގެ އެއްވެސް ބަޔަކު ރާއްޖޭގައި ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްވެސް ވަނީ ވިދާޅުވެފައެވެ.

ޝަމާލް ވިދާޅުވި ގޮތުގައި އިންޑިއާ އިން ހަދިޔާކުރި ހެލިކޮޕްޓަރު ދުއްވަން ދިވެހިން ބޭނުން ނުކުރަނީ އެކަމަށް ޚާއްސަ ދިވެހި ޕައިލެޓުން ނެތުމުންނެވެ. ނަމަވެސް ދިވެހިން ތަމްރީން ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: