ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއައި އިންޑިއާ ސިފައިން ވެސް އަމަލު ކުރާނީ އެޗްޕީއޭ ގައިޑްލައިންތަކާ އެއްގޮތަށް: އެމްއެންޑީއެފް

މިއަދު ހެނދުނު ހަނިމާދޫ އިންޓަނޭޝަނަލަ އެއާޕޯޓްގައި ޖެއްސި އިންޑިއާ އަސްކަރިއްޔާގެ ބޯޓު ---
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ހެނދުނު އިންޑިއާގެ އަސްކަރީ ދެ މަތިންދާބޯޓެއްގައި އައި ރާއްޖެއަށް ފޭބި އިންޑިއާ ސިފައިން ވެސް އަމަލު ކުރާނީ އެޗްޕީއޭ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އިންޑިއާ އަސްކަރިއްޔާގެ ޑޯނިއާ މަތިންދާބޯޓުތަކެއް ރާއްޖެއަށް މިއަދު ހެނދުނު ޖައްސަނިކޮށް ނަގާފައިވާ ފޮޓޯތަކާއެކު ގިނަ ބަޔަކު އަންނަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެކަމާއި ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު މޭޖާރ އިބްރާހިމް އާޒިމް ވިދާޅުވީ، މިއަދު ހެނދުނު ހަނިމާދޫ އެއާޕޯޓްގައި ޖެއްސި ސަވައިލެންސް ޑޯނިއާ މިމަހުގެ 16އާ ހަމައަށް ރާއްޖޭގައި އޮންނާނެ ކަމަށާއި އެ ބޯޓް ރާއްޖެ އައިސްފައިވަނީ “ސިލްސިލާކޮށް ރާއްޖޭގެ އީއީޒެޑް ބެލުމަށް އެމްއެންޑީއެފް ކޯސްޓް ގާޑްގެ ސިފައިންނާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަކަށް” ކަމަށެވެ.

އިންޑިއާގެ އަސްކަރިއްޔާގެ ބޯޓު ހަނިމާދޫ އެއާޕޯޓްގައި ޖައްސާފައިވަނީ މިއަދު ހެނދުނު 10:25 ގަ އެވެ.

އާޒިމް ވިދާޅުވި ގޮތުގައި އާއްމުކޮށް އޮޕަރޭޝަނަށް ދެ ފްލައިޓް އަންނާނެ ކަމަށާއި، ނަމަވެސް އޮޕަރޭޝަނުގައި ބޭނުން ކުރާނީ އެންމެ ފްލައިޓެއް ކަމަށެވެ.

“އެތަނުން ބެކް ފްލައިޓް އާންމުކޮށް އަންނަ ދުވަހު ފުރާނެ. އެގޮތުން ބެކް ފްލައިޓް މިއަދު އެނބުރި ފުރާނެ. އޮޕަރޭޝަންގައި ބައިވެރިވާނީ އެއް ފްލައިޓް،” އާޒިމް ވިދާޅުވި އެވެ.

އިންޑިއާގައި ކޮވިޑް-19ގެ ހާލަތުގައި މިހާ ގޯސްވެފައިވާ ދަނޑިވަޅެއްގައި އިންޑިއާ ސިފައިން ރާއްޖެ އައުމުން އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އެ މީހުން އަމަލު ކުރާނެތޯ ނޫސްވެރިން ސުވާލު ކުރުމުން އާޒިމް ވިދާޅުވީ އިންޑިއާ ސިފައިން ވެސް އަމަލު ކުރާނީ އެޗްޕީއޭ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

އިންޑިއާ ސިފައިން ކަރަންޓީނު ކުރުމާ ގުޅޭގޮތުން، ތަކުރާރުކޮށް ނޫސްވެރިން ސުވާލުކުރުމުން ވެސް އެކަމަށް ރަސްމީ ޖަވާބެއް ލިބިފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: