ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: ހޯނޑެއްދޫގެ މިސްކިތްތަކުގައި ނަމާދުކުރުން ހުއްޓާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ހޯނޑެއްދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވެ، އެ ކްލަސްޓާ ބޮޑުވަމުންދާތީ އެ ރަށުގެ މިސްކިތްތައް މިއަދު ބަންދުކޮށްފި އެވެ.

އެރަށު ކައުންސިލް އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީބަލި ޖެހުނު މީހުންނާއި ބައްދަލުވެފައިވާ މީހުން ތިބުމުން އިސްލާމިކް މިނިސްޓްރީގެ އިރުޝާދާއެކު، ރަށުގައި ހުންނަ ތިން މިސްކިތުގައި މިއަދުގެ އަސްރު ނަމާދުން ފެށިގެން ނަމާދުކުރުން ހުއްޓާލައި އެ މިސްކިތްތައް ބަންދުކޮށްފައިވާ ކަމަށެވެ.

އާބާދީގައި 1،314 މީހުން ދިރިއުޅޭ ހޯނޑެއްދޫ އިން ކޮވިޑަށް ޕޮޒިޓިވްވި ބަޔަކު ފެނުމުން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މިސްކިތްތަކުގައި ނަމާދު ނުކުރިއަސް މި ދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކޮށް ގޭގައި ބަރާބަރަށް ނަމާދުކޮށް ދީނީ ކަންކަމަށް ސަމާލުކަން ދިނުމަށް ކައުންސިލުން ނަސޭހަތްތެރިވެފައި ވެ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: