ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ބޮޑު މުސާރައެއް ލިބޭ މެންބަރުންގެ ތެރޭގައި ތިން ވިޔަފާރިވެރިން!

އެއް އަހަރު ދުވަހުގެ ތެރޭގައި އެންމެ ބޮޑު މުސާރައާއި އިނާޔަތް ލިބިވަޑައިގަންނަވާ ތިން މެންބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެއް އަހަރު ދުވަހުގެ ތެރޭގައި އެންމެ ބޮޑު މުސާރައެއް ލިބިވަޑައިގަންނަވާ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ ވިޔަފާރީގެ ދާއިރާގައިވެސް ފާހަގަކޮށްލެވޭ ބޭފުޅުން ތަކެއްކަން، ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ މެމްބަރުންގެ މާލީ ބަޔާން ތަކުން ދައްކައިފިއެވެ.

މެއި 27، 2019 އިން މިއަހަރުގެ މެއި މަހު 28 އަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މުސާރައާ އިނާޔަތުގެ ގޮތުގައި ލިބިވަޑައިގެންނެވި އަދަދުތައް ބަޔާންކޮށްފައިވާ މާލީ ބަޔާންތައް މަޖިލިސް އިދާރާގެ ވެބްސައިޓުގައި މިހާރު ވަނީ އާންމު ކޮށްފައެވެ.

މެންބަރުންގެ މަލީ ބަޔާންތަކުން އެނގޭ ގޮތުގައި އެއް އަހަރު ދުވަހުގެ ތެރޭގައި އެންމެ ބޮޑު މުސާރައާ އިނާޔަތް ލިބެނީ ރިސޯޓު ވިޔަފާރީގައި މަޝްހޫރު ބޭފުޅެއް ކަމަށްވާ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު (ސަންޓްރެވަލް ސިޔާމް) އަށެވެ.

ސިޔާމްގެ މާލީ ބަޔާނުގައި ވާގޮތުން އަހަރު ދުވަހުގެ މުސާރައިގެ ގޮތުގައި ގޮތުގައި 20،190،417.49 (ވިހި މިލިއަން، އެއްލައްކަ ނުވަދިހަ ހާސް ހަތަރު ސަތޭކަ ސަތާރަ ރުފިޔާ ސާޅީސް ނުވަ ލާރި) ލިބިފައިވެއެވެ.

އޭގެ އިތުރުން ކުންފުނީގެ ފައިދާ ނުވަތަ ޑިވިޑެންޑުގެ ގޮތުގައި 887،520 (އަށްލައްކަ އައްޑިހަ ހަތްހާސް ފައްސަތޭކަ ވިހި) ރުފިޔާ ލިބި ވަޑައިގަންނަވައެވެ. މިއާއިއެކު ސިޔާމަށް 21،077،937 (އެކާވީސް މިލިއަން ހަތްދިހަ ހަތްހާސް ނުވަސަތޭކަ ތިރީސް ހަތް) ރުފިޔާ ލިބިފައިވެއެވެ.

މުސާރަ އާއި އިނާޔަތާއި އެކު ސިޔާމްގެ މުޅި މިލްކިއްޔާތުގައި 100 މިލިއަން ރުފިޔާ އެބަހުރި ކަމަށް މާލީ ބަޔާނުން ދައްކައެވެ.

ސިޔާމަށް ފަހު މެންބަރުންގެ ތެރެއިން އެންމެ ބޮޑު މުސާރައާއި އިނާޔަތެއް ލިބިވަޑައިގަންނަވަނީ ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދަށެވެ. ހުސެއިން ވަހީދަކީ ފުޅާ ދާއިރާގެ ލަކުޑީގެ ވިޔަފާރިއާ އަދި އެނޫންވެސް ބައެއް ވިޔަފާރި ކުރައްވާ ބޭފުޅެކެވެ.

ހުސެއިންގެ މާލީ ބަޔާނުން އެނގޭ ގޮތުގައި އެއް އަހަރުގެ ދުވަހުގެ ތެރޭގައި މުސާރައާއި އިނާޔަތުގެ ގޮތުގައި 14 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ. އެގޮތުން މުސާރައިގެ ގޮތުގައި 825،876.49 ރުފިޔާ އާއި ވިޔަފާރި ނަފާގެ ގޮތުގައި 3،423،004.00 (ތިން މިލިއަން ހަތަރު ލައްކަ ތޭވީސް ހާސް ހަތަރެއް) ރުފިޔާ އަދި ކުލީގެ ގޮތުގައި، 3،792،000.0 (ތިން މިލިއަން ހަތްލައްކަ ނުވަދިހަ ދެހާސް) ރުފިޔާ ލިބިފައިވެއެވެ.

މީގެ އިތުރުން ހިއްސާ ނުވަތަ ޑިވިޑަންޓުގެ ގޮތުގައި 3،000،000.0 (ތިން މިލިއަން) ރުފިޔާގެ އާއި އެހެނިހެން ކަންކަމުން 3،080،145.00 ( ތިން މިލިއަން އަށްޑިހަ ހާސް ސަތޭކަ ސާޅީސް ފަހެއް) ރުފިޔާ ލިބިފައެއެވެ. އެއާއެކު އެއް އަހަރު ދުވަހުގެ ތެރޭގައި 14،121،024 (ސާދަ މިލިއަން އެއްލައްލަ އެކާވީސް ހާސް ސައުވީސް) ރުފިޔާ، ހުސެއިން އަށް ލިބިފައިވެއެވެ.

ރާއްޖޭގެ އެންމެ ވަރުގަދަ އެއް ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވަނީ ތިންވަނައިގައެވެ.

ވީލާ ގްރޫޕްގެ ވެރިޔާ އަދި މާމިގިނލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމްގެ މާލީ ބަޔާނުގައިވާ ގޮތުން އެއް އަހަރު ދުވަހުގެ ތެރޭގައި މުސާރައާ އިނާޔަތުގެ ގޮތުގައި ލިބިވަޑައިގެންފައިވަނީ 11 މިލިއަން ރުފިޔާއެވެ.

އެގޮތުން މުސާރައާއި އިނާޔަތުގެ ގޮތުގައި، 9،564،438.48 (ނުވަ މިލިއަން ފަސްލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތަރު ސަތޭކަ ތިރީސް އަށް ރުފިޔާ، ސާޅީސް އަށް ލާރި) އާއި ކުލީގެ ގޮތުގައި 1،740،000.0 (އެއް މިލިއަން ހަތްލައްކަ ސާޅީސް ހާސް) ރުފިޔާ އާއި ހިއްސާތަކުން 188،200.0 ރުފިޔާ ލިބިފައިވާ ކަމަށް މާލީ ބަޔާނުން އެނގެއެވެ. އެއާއެކު އެއް މުސާރަ އާއި އިނާޔަތުގެ ގޮތުގައި އެއް އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 11،492،638 (އެގާރަ މިލިއަން ހަތަރު ލައްކަ ނުވަދިހަ ދެހާސް ހަ ސަތޭކަ ތިރީސް އަށެއް) ރުފިޔާ ޤާސިމްއަށް ލިބިވަޑައިގެންފައިވެއެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި މުސާރައާއި އިނާޔަތުގެ ގޮތުގައި 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ޤާސިމަށް ލިބިވަޑައިގެންނެވި ނަމަވެސް، މާލީ ބަޔާނުން އެނގޭ ގޮތުގައި ގާސިމްގެ މިލްކިއްޔާތުގައި ހުރި ފައިސާގެ އަދަދު އެއް ބިލިޔަން ރުފިޔާއަށް އަރައެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ތެރެއިން އެއް އަހަރު ދުވަހުގެ ތެރޭގައި ހަތަރު މިލިއަން ރުފިޔާ އިން މަތިން މުސާރައާއި އިނާޔަތް ތިން މެންބަރަކަށް ލިބިވަޑައިގަންނަވައެވެ.

އެ މެންބަރުންނަކީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް އާއި، ގުރައިދޫ ދާއިރާ މެމްބަރު އިބްރާހީމް ރިޟާގެ އިތުރުން ހަނިމާދޫ ދާއިރާ މެމްބަރު ޢަބްދުލްޣަފޫރު މޫސާއެވެ.  މެންބަރުންގެ ތެރެއިން ޑީއާރުޕީގެ ލީޑަރު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި، މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަޞީރު މާލީ ބަޔާން ހުށަހަޅުއްވާފައެއް ނުވެއެވެ.

ވަރަށް ގަދަ
43%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 5%ވަރަށް ދެރަ 29%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: