ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްޔާޒު ގޭގައި މަޑުކޮށްލަން އަންގަން ރައީސް ނަޝީދު، އެމްޑީޕީގެ ޗެއާޕާސަންއަށް ރަސްމީކޮށް ދަންވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް، މަގާމުން އެކަހެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ނަޝީދު މިކަމަށް އެދިވަޑައިގެންނެވީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފަށް ފޮނުއްވި ސިޓީއެއްގައެވެ.

ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ފައްޔާޒް މަގާމުން އެކަހެރިވެވަޑައިގަތުމަށް ފެނިވަޑައިގަންނަވަނީ އެމްޑީޕީ އަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމަށެވެ. މިކަމުގައި، މިނިސްޓަރު ފައްޔާޒުއާ ވެސް އެއްވެސް ޒާތީ ކަމެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ އަކީ އަބަދުވެސް ވަރަށް ސާފު ޕާޓީއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކަމަށާއި އެމްޑީޕީގެ ފުރަތަމަ ކުރު ވެރިކަން ނިމުނުއިރު ވެސް ޕާޓީގެ އެންމެ ސާފު އެއް ސިފައަކީ ޕާޓީގެ މަގާމުތައް ފުރުއްވާ ބޭފުޅުންގެ ކޮރަޕްޝަންގެ އަމަލުތައް މަދުކަން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

“މިހާރުގެ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކޮރަޕްޝަންގެ އަމަލެއް ހިންގެވިތޯ ނުވަތަ ނޫންތޯ ޖިނާއީ މިންވަރަށް ބެލުމަކީ ސިޔާސީ ކަމެއް ނޫނެވެ. ޕާޓީން އަޅުގަނޑާ ހަވާލުވެފައި ވަނީ ސިޔާސީ މަސައްކަތެވެ. އަޅުގަނޑު ފާހަގަ މިކުރަނީ ސިޔާސީ ނަޒަރުން ދެކޭނަމަ މިނިސްޓަރ ފައްޔާޒަކީ ޕާޓީގެ ޒިންމާއެކެވެ. އެގޮތުން މިނިސްޓަ އަމިއްލަފުޅަށް އެކަހެރިވެވަޑައިގަތުމަށް އަޅުގަނޑު އިލްތިމާސް ދަންނަވަމެވެ” ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ނިކުމެ ހުންނެވީ ވޯޓުގެ އަދަދެއް ހޯދުމަށް ނޫން ކަމަށާއި މަސައްކަތް ކުރައްވަނީ އެމްޑީޕީގެ ޒަމާންވީ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ. އަދި އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް މި ނުކުތާއަށް ވިސްނާލުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ފައްޔާޒް މަގާމުން ދުރަށް ވަޑައިގަތުމަށް ނަޝީދު އެދިވަޑައިގަތްއިރު އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދައި މަގާމުން ދުރުކުރެއްވުމުގެ މަސައްކަތް ވެސް ނަޝީދު ދަނީ ކުރައްވަމުންނެވެ.

ވަރަށް ގަދަ
8%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 8%ވަރަށް ދެރަ 58%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: