ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަށް އަޅުގަނޑުގެ ފުށުން ވާނީ ފައިދާ، އިސްތިއުފާއެއް ނުދޭނަން: ފައްޔާޒު

ޝެއާރކޮށްލާ ކަހަލަދޯ؟

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ފުށުން އެމްޑީޕީއަށް ވާނީ ފައިދާ ކަމަށާއި އިސްތިއުފާއެއް ނުދެއްވާނަން ކަމަށް އެމަކުފާނު ވިދާޅު ވެއްޖެއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ފައްޔާޒާ ދޭތެރޭ މައްސަލަތަކެއް ވަނީ އުފެދިފައެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގެ ތެރޭގައި ނަޝީދު ވަނީ މިނިސްޓަރު ފައްޔާޒަށް ކޮރަޕްޝަންގެ ތުހުމަތުކުރައްވައިފަ އެވެ. އަދި ޕާޓީ ތެރޭގައި “ބްރޯ ހެދިގެން” ފައްޔާޒަށް ނޫޅުއްވޭނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ފައްޔާޒް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމުގެ ހަރަކާތެއް ނަޝީދު ވަނީ ފަށްޓަވާފައެވެ. ނަމަވެސް، އެމްޑީޕީގެ ޕީޖީގެ ތެރެއިން ބޭނުންވާ އަދަދަށް ތާއީދު ނުލިބުމުން އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ނަޝީދު އިއްޔެ ފޮނުއްވި ސިޓީއެއްގައި ވަނީ ފައްޔާޒު އަމިއްލަ އަށް މަގާމުން އެކަހެރިވެ ވަޑައިގަތުމަށް އެދިވަޑައިގެންފަ އެވެ.

ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ފައްޔާޒު މަގާމުން އެކެހެރިވެވަޑައިގަތުމަށް ފެންނަނީ އެމްޑީޕީގެ ރައީސްގެ ނަޒަރުން ދެކޭއިރު، ޕާޓީ އަށް ލިބިދާނެ ގެއްލުމަކަށްޓަކާ ކަމަށެވެ. އަދި އެމްޑީޕީގެ އެއްވެސް ފަރާތަކާއި ޒާތީ ކަމެއް ނެތް ކަމަށާއި އެގޮތުން އެއްވެސް މިނިސްޓަރަކާއި ވެސް ޒާތީ ކަމެއް ނެތް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މި މައްސަލާގައި “ސަންގު”އާ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އެމްޑީޕީއަށް އޭނާގެ ފަރާތުން ވާނެ ގެއްލުމެއް ނޯންނާނެ ކަމަށާއި ވާނީ ފައިދާ ކަމަށެވެ. އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް ނެތް ކަމަށާއި ކުރިއަށްދާނީ ރައީސް އަންގަވާ ގޮތެއްގެ މަތީން ކަމަށާއި އެގޮތުން ރައީސް އަންގަވައިފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ކޮރަޕްޝަންގެ އަމަލެއް ހިންގާފައެއް ނޯންނާނެ ކަމަށާއި އޭނާއާ ގުޅޭގޮތުން ނަޝީދު ކުރައްވާ ތުހުމަތުތައް ބެލުން ރަނގަޅު ކަމަށާއި އެކަމަށް ހުރަސް ނާޅުއްވާނެ ކަމަށެވެ.

ނަޝީދު ފޮނުއްވި ސިޓީއާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ އެ ސިޓީގައި މިނިސްޓަރު ފައްޔާޒަށް އެއްވެސް އެއްޗެއް ދަންނަވަން ޕާޓީގެ ރައީސް ނަޝީދު އަންގަވާފައި ނުވާ ކަމަށެވެ. އަދި ރައީސް ނަޝީދު ވިދާޅުވީ އެސިޓީގައި އޮތް އެއްޗެއް އެމްޑީޕީގެ އާއްމު މެމްބަރުންނަށް އަންގައިދޭން ކަމަށާއި އެމްޑީޕީގެ ގުނަންތައް މެދުވެރިކޮށް އެމަސައްކަތް ކުރައްވާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
46%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 23%ބޮޑު ޖޯކެއް 8%ހައިރާންވެއްޖެ 0%ވަރަށް ދެރަ 23%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އެމްޑީޕީ ސްލޮޓެއްގައި ކަލޭ ތިހުރީ އެމްޑިޕީގެ ރައިސް އެ އެދެނީ އިސްތިއުފާދޭން ވެރިކަން އަމިއްލކޮށްގެން ބގުޑި ތިބައްދަނީ ކަލެޔަށް ހުރެވޭނީ މަދު ދުވަސްކޮޅާކު މުޅި ޕާޓީގެ ނަން ވެއްޔާ މޮޑެލައިފިންް އަވަހަށް ދުރަށްދޭ އިސްތިއުފާދީ. ބޭރުކުރީމާ ފޮޓޯވަރަށް ހަޑިވާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: