ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަދުވެގެން 3 މަސް ވަންދެން އެންޓިބޮޑީސް ގައިގައި ހުރޭ: ޑރ މުރާދު

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19ގެ އެންޓިބޮޑީ، މަދުވެގެން 3 މަސްދުވަސް ވަންދެން ގައިގައި ހުންނާނެ ކަމަށް ޑރ މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ޑރ މުރާދު ވިދާޅުވީ، ދެވަނަ ފަހަރަށް ބަލި ޖެހުމުގެ ފުރުސަތު ކުޑަ ކަމަށެވެ. އަދި ރާއްޖެއިންވެސް މިހާތަނަށް ދެވަނަ ފަހަރަށް އެއްވެސް މީހަކަށް ބަލި ޖެހިފައިނުވާކަން ޑރ މުރާދު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރަށް މުޅި ދުނިޔެއަށް ބަލާއިރުވެސް މިހާތަނަށް އެކަކަށް ދެވަނަ ފަހަރަށް ބަލި ޖެހިފައިވަނީ މަދު ފަހަރެއްގައި ކަމަށް ވިދާޅުވިއެވެ. އެގޮތުން މުޅި ދުނިޔެއަށް ބަލާއިރު މިހާތަނަށް ފާހަގަވެފައިވަނީ ފަސް ކޭސްކަމަށް ވިދާޅުވިއެވެ.

ލޮކްޑައުންއަކަށްފަހު ރާއްޖެ ހުޅުވާލުމާއި ގުޅިގެން ދުވާލަކު ފެންނަމުންދިޔަ ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެންދިޔައެވެ. އެގޮތުން ދުވާލަކު ފެންނަމުންދިޔަ ކޭސްތަކުގެ އަދަދު150އިން މަތިވެ،200 އަށްވެސް ކޭސްތަކުގެ އަދަދު އަރާފައިވެއެވެ.

އެހެންނަމަވެސް، އިއްޔެއާއި އޭގެ ކުރީ ދުވަހު ޕޮޒިޓިވްވި މީހުންގެ އަދަދު ހުރީ100އިން ދަށުގައެވެ. ރާއްޖެއިން ފެންނަ ޕޮޒިޓިވްކޭސްތަކުގެ އަދަދު ދަށްވާން ފަށާނީ މިމަހު ފަހުކޮޅުން ފެށިގެންކަމަށް ވަނީ ލަފާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: