ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި މިހާރު ކޮންމެ ދުވަހަކު 1700 ޓެސްޓު ކުރެވޭ

ކޮވިޑް އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ - ފޮޓޯ: ހެލްތު މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ ޤާބިލްކަން އިތުރުކޮށް ރާއްޖޭގައި 24 ގަޑި އިރު ތެރޭގައި 1700 ސާމްޕަލް ނަގަން ފަށައިފިއެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ.ފާތުމަތު ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖޭގައި ޕީސީއާރު ޓެސްޓު ކުރަން ފަށާފައި ވަނީ މިދިޔަ ފެބްރުއަރީ މަހު ފަހުކޮޅު ކަމަށް ވާއިރު، މިހާރު 24 ގަޑި އިރު ތެރޭގައި 1700 ޓެސްޓު ކުރެވޭ ގޮތް ވުމަކީ ލިބުނު ކުރިއެރުމެއް ކަމަށެވެ.

” ޕެންޑިންގައި 222 ސާމްޕަލް އެބަހުރި މީގެ އިތުރުން ޓެސްޓުކުރުމަށް ބޭނުންވާ އެކިވަސީލަތްތައް ވެސް ސްޓޮކްކޮށްފައި އެބަހުރި” ނަޒްލާ ވިިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ މިނިސްޓްރީގައި 45000 ޓެސްޓް ނޫނީ ރިއެކްޝަން ކިޓް އެބަހުރި ކަމަށާއި، އަދި ޖިން އެކްސްޕާޓް 11000 ކާޓްރިޖް އެބަހުރި ކަމަށެވެ.މިދިޔަ ހަފްތާގައިވެސް ޖިން އެކްސްޕާޓު ކާޓްރިޖް ބެޗެއް އަޅުގަނޑުމެންނަށް ވަނީ ލިބިފައި ވާ ކަމަށްވެސް ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓުކުރެވޭ ކެޕޭސިޓީއަށް ބަލާ އިރު ދުވާލެއްގެ މައްޗަށް، ހއ، ހދ އަދި ށ އަތޮޅުގައި މިހާރު 60 ޓެސްޓު ކުރެވެއެވެ. އެ އަދަދު 200 އަށް އިތުރު ކުރުމަށް މަސައްކަތް ކުރައްވަމުންދާކަން ޑރ. ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: