ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ތެރޭގައި ހިޔާލު ތަފާތުވުން އޮތަސް ޕާޓީގެ ސަފުތައް ފޫއަޅުވާލާކަށް ޖާގައެއް ނެތް: ނިހާދު

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ތެރޭގައި ހިޔާލު ތަފާތުން އޮތް ނަމަވެސް ޕާޓީގެ ސަފުތައް ފޫއަޅުވާލާކަށް އިދިކޮޅު ފަރާތްތަކަށް ޖާގައެއް ނެތް ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައި ވަނީ ރައީސް މުހައްމަދު ނަޝީދު، އިކޮނޮމިކް މިނިސްޓްރު ފައްޔާޒު އިސްމާއިލް މަގާމުން ދުރު ކުރުމުގެ މަސައްކަތް ފެށުމާ ގުޅިގެންނެވެ.

އެގޮތުން މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ނަޝީދު މިކަމަށް އެދިވަޑައިގެންނެވީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފަށް ފޮނުއްވި ސިޓީއެއްގައި ވަނީ ފައްޔާޒު މަގާމުން އެކެހެރިވެވަޑައިގަތުމަށް ފެންނަ ކަމަށް ވިދާޅުވެފައެވެ.

މިކަމަށް އިޝާރާތް ކުރައްވައި ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފަދަ ކަންކަމަކީ އެމްޑީޕީގެ ސަފުތައް ފޫއަޅުވާލަން އިދިކޮޅު ފަރާތްތަކަށް ޖާގަ ލިބޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ކަމެއް ނުވެސް ހިނގާނެ ކަމަށެވެ.

“ތިޔަހެން ހީކޮށް ޕާޓީ ބޭއްވި ހަނދާން ވެސް އެބަހުރި. އެހެން ހީކޮށްގެން ތިއްބައި ނުކުމެ ކުރީ ބޮޑު ތަނުން ބަލ.” ނިހާދު ވިދާޅުވިއެވެ.

މި މައްސަލާގައި ފައްޔާޒު ވިދާޅުވީ އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް ނެތް ކަމަށާއި ކުރިއަށްދާނީ ރައީސް އަންގަވާ ގޮތެއްގެ މަތީން ކަމަށެވެ. އެގޮތުން ރައީސް އަންގަވައިފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝީދާއި ފައްޔާޒާ ދޭތެރޭ މައްސަލަތަކެއް ވަނީ އުފެދިފައެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގެ ތެރޭގައި ނަޝީދު ވަނީ މިނިސްޓަރު ފައްޔާޒަށް ކޮރަޕްޝަންގެ ތުހުމަތުކުރައްވައިފަ އެވެ. އަދި ޕާޓީ ތެރޭގައި “ބްރޯ ހެދިގެން” ފައްޔާޒަށް ނޫޅުއްވޭނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ފައްޔާޒް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމުގެ ހަރަކާތެއް ނަޝީދު ވަނީ ފަށްޓަވާފައެވެ. ނަމަވެސް، އެމްޑީޕީގެ ޕީޖީގެ ތެރެއިން ބޭނުންވާ އަދަދަށް ތާއީދު ނުލިބުމުން އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: