ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ފިޔަވަޅު އަޅައިދިނުމަށް އެދިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟
އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފިޔަވަޅި އަޅައިދިނުމަށް އެދި އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީ އެމްޑީޕީގެ ޗެއާޕާސަނަށް ސިޓީއެއް ފޮނުވައިފި އެވެ.

އެސީޓިގައި ޝުއައިބު ވިދާޅުވެފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް، ގާނޫނީ މަސްއޫލިއްޔަތުން އެކަހެރި ކުރެއްވުމަށް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހަސަން ލަތީފަށް ފޮނުއްވާފައިވާ ސިޓީފުޅަކީ، ޕާޓީގެ އުސޫލުތަކާއި ހިލާފަށް ޕާޓީގެ ވަސީލަތްތައް ބޭނުން ކުރެއްވުމަށް ބާރު އަޅުއްވައި ފޮނުއްވި ސިޓީފުޅެއް ކަމަށެވެ. އަދި އެއީ އެމަނިކުފާނު އަމިއްލަފުޅު ސީޓިއެއް ކަމަށާއި އެއީ ހިޔާޅުފުޅެއް ކަމަށްވެސް ޝުއައިބު ވިދާޅުވިއެވެ.

އެ ސިޓިގައި ބުނެފައިވަނީ ރައީސް ނަޝީދުގެ ވިސްނުންފުޅު މިހާރު ގެންގުޅުއްވަނީ ބަދަލު ހިއްޕެވުމުގެ ރޫހުގައި ކަމަށް ގަބޫލުކުރާ ކަމަށެވެ.

“އެ ރޫހުގައި ޕާޓީގެ ރޫހާނީ ލީޑަރު، ރައްޔިތުންގެ ނުހަނު ލޯބި ލިބިވަޑައިގެންފައިވާ، އަދި ރާއްޖޭގެ ރައީސް ކަން ކުރައްވާފައިވާ، ބޭފުޅަކު ޕާޓީގެ އުސޫލުތަކާއި ހަމަތަކާއިޤާނޫނުއަސާސީ އިން ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަޣުލަބިއްޔަތަށް އެކަނި ލިބިފައިވާ ބާރެއްގެ ބޭނުން ރައީސް ނަޝީދު ޕާޓީގެ ވަސީލަތްތައް ނުހަމަ ގޮތުގައި ބޭނުންކުރައްވަން ފެއްޓެވުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ.” އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބުގެ ސިޓީގައި ވެއެވެ.

ޝުއައިބުގެ ސިޓީގައި އިތުރަށް ބުނެފައިވަނީ ވަޒީރުން އަދާކުރަންޖެހޭ ވާޖިބުތަކާއި ވަޒީރުން ޖަވާބުދާރީ ކުރުވާނޭގޮތް ސާފުކޮށް އޮތްއިރު، އަދި އެމްޑިޕީގެ އަސާސީ ގަވައިދުގައި ޕާލިމެންޓަރީ ގްރޫޕްގެ ހިންގާ ގަވައިދާއި ޕާޓީގެ އެކި ގުނަވަންތައް އަމަލުކުރާނޭ ގޮތް ބަޔާންކޮށްފައި އޮތްއިރު ރައީސް ނަޝީދުގެ އަމިއްލަފުޅު މަސްލަހަތައް ޕާޓީ ގުރުބާން ކުރުމަކީ ގައްދާރުވުންކަމުގައި ދެކޭކަމަށެވެ.

އެހެން ކަމުން ޕާޓީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ޤާނޫނުއަސާސީއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުތަކުގެ ތެރެއިން ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ފޯރުކުރައްވަމުން ގެންދެވުން ތަކުރާރު ކުރައްވާތީ އެކަން ހުއްޓުވުމަށް ކުރެވެން ހުރި އެންމެހާ މަސައްކަތައް ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ކޮށްދިނުމަށް އެދި ގޮވާލާކަމަށެވެ. އަދި ރައީސް ނަޝީދަށް ފިޔަވަޅު އަޅައިދިނުމަށް ވެސް އެދިވަޑައިގެންފައިވެއެވެ.

ވަރަށް ގަދަ
54%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 23%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 23%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ރައީސްކަން ކުރެއްވި ކެނެރީގެ މުޙައްމަދު ނަޝީދުގެ އަކީ ވަރަށް ފޫހިވާ ބެގަޑެއް. މުޅިއޮޑީގައި ހަސަނުގެ ދެފައި. އިބްރާ ބޭރުކޮށް، ދީދީ ބޭރުކޮށް، އަލްހާން ބޭރުކޮށް، މިހާރު ފައްޔާޒާއި އަޅައިގަނެގެން ނެއްޓެން ނޭގިގެން އެއުޅެނީ ކަރަޕްޝަން ހުއްޓުވާކަށް ނޫން. ޕްރޮޖެކްޓެއް ޢާއިލާ ބޭފުޅަކަށް ނުލިބި އެހެން މީހަކަށް ލިބިގެން ކޮށްލާވަރު. ތިބެގަޑަށް ރަގަޅު ފިލާވަޅެއް ލިބިގެން މައިތިރިވާނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: