ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސް ފަނޑިޔާރުން ކަނޑައެޅުމުގައި ޖޭއެސްސީން އަމަލު ކުރަނީ އުސޫލާއި ހިލާފަށް!

ޖޭއެސްސީގެ ބައްދަލުވުމެއްގެ ތެރެއިން : ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ބައެއް ކޯޓުތަކަށް އިސް ފަނޑިޔާރުން ކަނޑައެޅުމުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަމަލު ކުރަނީ އެ ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލްތަކާއި ހިލާފަށްކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިފަދައިން ވިދާޅުވީ ކްރިމިނަލް ކޯޓް ހިންގުން އެ ކޯޓްގެ ގާޒީ އާދަމް މުހައްމަދު އާއި ހަވާލު ކުރަން ޖޭއެސްސީން ނިންމި ނިންމުމާއި ގުޅިގެންނެވެ. އާދަމް މުހައްމަދާއި ކްރިމިނަލް ކޯޓް ހިންގުން ހަވާލުކޮށްފައި ވަނީ އެ ކޯޓް ހިންގަވަމުން ގެންދެވި ގާޒީ އަލީ ރަޝީދު ހުސައިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާއި ގުޅިގެންނެވެ.

ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ  ޤާޟީ އާދަމް މުޙައްމަދަކީ ކްރިމިނަލް ކޯޓުގައި މިވަގުތު ހުންނެވި އެންމެ ޤާބިލު ޤާޒީ ކަމަށާއި ނަމަވެސް ޖޭއެސްސީއިން ކްރިމިނަލް ކޯޓު ހިންގުން ޤާޒީ ޢަލީ ރަޝީދާއި ޤާޒީ އާދަމް މުޙައްމަދާ ވެސް ޙަވާލުކޮށްފައިވަނީ ޖޭއެސްސީން ގެޒެޓްކުރައްވާފައިވާ އުޞޫލާ ޚިލާފަށް ކަމަށެވެ.

 

މީގެއިތުރުން ހައިލަމް ވިދާޅުވީ ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުން ގާޒީ އާދަމް މުހައްމަދުއާއި ހަވާލު ކުރުމަށް ޖޭއެސްސީން ނިންމާފައި ވަނީ ވެސް ކޯޓުތަކުގެ ގާނޫނާއި ހިލާފަށް ކަމަށެވެ. ގާޒީ އާދަމް މުހައްމަދުއާއި ކްރިމިނަލް ކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލު ކުރަން ޖޭއެސްސީން ނިންމާފައި ވަނީ ކޯޓުތަކުގެ ގާނޫނުގެ 54 ވަނަ މާއްދާގެ (ވ) ގެ ދަށުންނެވެ. ހައިލަމް ވިދާޅުވި ގޮތުގައި ކޯޓުތަކުގެ ގާނޫނުގެ 54 ވަނަ މާއްދާގެ (ވ) އަކީ ކޯޓުތަކަށް ދާއިމީ އިސްފަނޑިޔާރުން އައްޔަން ކުރާނެ ގޮތް ބަޔާން ކުރާ މާއްދާ ކަމަށާއި އެ މާއްދާގެ ދަށުން ވަގުތީ ގޮތުން އިސް ފަނޑިޔާރުން އައްޔަން ނުކުރެވޭނެ ކަމަށް ހައިލަމް ވިދާޅުވިއެވެ.

ކޯޓުތަކުގެ ގާނޫނުގެ 54 ވަނަ މާއްދާގެ (ވ) ގައި ބުނެފައި ވަނީ  ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ހަތަރު ސުޕީރިއަރ ކޯޓުގެ ތެރެއިން ކޮންމެ ކޯޓެއްގައިވެސް އިސް ގާޒީއަކު ހުންނަންވާނެ ކަމަށެވެ. އަދި އެއިން ކޮންމެ ކޯޓެއްގެވެސް އެންމެ އިސް ފަރާތަކީ އެ ކޯޓެއްގެ އިސް ގާޒީ ކަމަށާއި ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުގެ އިސް ފަނޑިޔާރުގެ މަގާމު ފުރާނެ ފަނޑިޔާރަކު އައްޔަންކުރާނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޖޭއެސްސީން ވަނީ ދާއިމީ ފަނޑިޔާރުން ހަމަޖެހިފައިނުވާ ކޯޓުތަކުގެ ހިންގުން ހަވާލުކުރުމުގައްޔާއި، ކޯޓު ހިންގުމާ ހަވާލުވެހުންނަ ފަނޑިޔާރު ޗުއްޓީއަށް ދާނަމަ އެ ކޯޓުގެ ހިންގުން އެހެން ފަނޑިޔާރަކާ ހަވާލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލެއް ވެސް އާންމުކޮށްފައެވެ. ހައިލަމް ވިދާޅުވާ ގޮތުގައި ޖޭއެސްސީން ކްރިމިނަލް ކޯޓް ވަގުތީ ގޮތުން ހިންގުން އެ ކޯޓުގެ ގާޒީ އާދަމް މުހައްމަދުއާއި ހަވާލު ކޮށްފައި ވަނީ ޖޭއެސްސީން އާންމުކުރި އުސޫލާއި ވެސް ހިލާފަށެވެ.

އުސޫލުގައި ބުނެފައި ވަނީ ކޯޓުގެ ހިންގުން ހަވާލު ކުރާނީ އެ ވަގުތު އެ ކޯޓުގައި ނުވަތަ އެ ދާއިރާއެއްގައި ތިބި ފަނޑިޔާރުންގެ ތެރެއިން އެ ތަނެއްގެ ހިދުމަތުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރުންގެ ތަރުތީބުން ކަމަށެވެ.

ޖޭއެސްސީގެ ނިންމުމަށް ހައިލަމް ފާޑުވިދާޅުވި ނަމަވެސް މިހާތަނަށް ޖޭއެސްސީން މި މައްސަލައިގައި އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: