ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ހުންނަވާ މޮރޮކޯގެ އޮނަރަރީ ކޮންސުލް އަކަށް އޭޑީކޭ ނާޝީދު

މޮރޮކޯ އިން ރާއްޖެއަށް ކަނޑައަޅުއްވާ އޮނަރަރީ ކޮންސުލްގެ މަގާމަށް ހަމަޖެއްސި ނާޝިދާށް މަގާމުގެ ރަސްމީ ލިޔުން ފޮރިން މިނިސްޓަރު ޝާހިދު އަރުވަނީ --- ފޮޓޯ: ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޮރޮކޯ އިން ރާއްޖެއަށް ކަނޑައަޅުއްވާ އޮނަރަރީ ކޮންސުލްގެ މަގާމަށް ހަމަޖެއްސި އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) އަށް މަގާމުގެ ރަސްމީ ލިޔުން ހަވާލު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު، އޭޑީކޭ ގްރޫޕްގެ ވެރިޔާ ނާޝިދުއާ މަގާމްގެ ލިޔުން ހަވާލު ކޮށްދެއްވީ މިއަދު މެންދުރު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

ނާޝިދަށް ލިޔުން އެރުވުމަށްފަހު، މިނިސްޓަރ ޝާހިދު ވިދާޅުވީ ނަޝީދުގެ އޮނަރަރީ ކޮންސުލް ކަމުގެ ދަށުން މޮރޮކޯއާ ގުޅުން އިތުރަށް ބަދަހިވެގެންދާ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ހާއްސަކޮށް ވިޔަފާރި އާއި އިންވެސްޓްމަންޓް އަދި ފަތުރުވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ނާޝީދުއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރުމުގެ އިތުރުން ސިޔާސީ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ފަރާތެކެވެ. ސިއްހީ ދާއިރާއާއި، ފަތުރުވެރިކަން އަދި މީޑިއާގެ އެކި މަސައްކަތްތަކުގައި ނާޝީދު ޝާމިލުވެ ހަރަކާތްތެރިވެ އުޅުއްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: