ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު

ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެތިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޓުއަރިޒްމް މިނިސްޓްރީއިން ވަނީ ޝަކުވާތައް ހުށައެޅުމަށް ޚާއްސަ މެއިލްއެއް ތައާރަފް ކޮށްފައެވެ. މިމެއިލް އެޑްރެސް މެދުވެރިކޮށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފަކަށްވެސް ޚިޔާލާއި ޝަކުވާ ހުށައެޅޭނެއެވެ.

މިކަން ތައާރަފް ކުރުމަށް ނިންމީ ޓުއަރިޒްމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް، ޓުއަރިޒްމް އެމްޕްލޯއީޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއެކު ބޭއްވި ބައްދަލުވުމަށްފަހު ކަމަށް އެމިނިސްޓްރީއިން މައުލޫމާތުދެއެވެ.

 

ޝަކުވާ އާއި ޚިޔާލު ހުށައަޅާއިރު ކާކުކަން ނޭންގޭގޮތަށްވެސް ހުށައެޅޭނެކަމަށް ވަނީ ބުނެފައެވެ.

ކޮވިޑް19 އާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން ގިނަ ބައެއްގެ ވަޒީފާ ގެއްލި، މުސާރަ ލިބުން ހުއްޓިފައިވާއިރު މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: